ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމުގެ ނަން:

ޑިރެކްޓަރ - އެކައުންޓްސް އެންޑް ފައިނޭންސް

ބޭނުންވާ އަދަދު

1

ކްލެސިފިކޭޝަން:

ޑިރެކްޓަރ، ގްރޭޑް D1

އަސާސީ މުސާރަ:

-/9,450 ރ

ނޮން-ޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/300 ރ.        

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން

މަޤާމުގެ މަސްއޫލިއްޔަތު:

ފައިސާއާ ބެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

މައިގަނޑު މަސަައްކަތްތައް:

  1. އެކައުންޓްސް އެންޑް ފައިނޭންސް ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވާއި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  2. ކޮމިޝަނުގެ އަހަރީ ބަޖެޓު ތައްޔާރު ކުރުން.
  3. ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް އިންތިޒާމުކޮށް ބަލަހައްޓައި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދިނުމަށްޓަކައި ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
  4. ކޮމިޝަންގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓާއި މާލީ ބަޔާން ތައްޔާރުކުރުން.
  5. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބަޖެޓު ބެލެހެއްޓުމާއި ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
  6. ބަޖެޓާ ގުޅޭގޮތުން މެންބަރުންނަށް ލަފާދިނުން.
  7. ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ އުޞޫލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  8. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ފައިނޭންސް މެނޭޖްމަންޓް، އެކައުޓިންގ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ފައިނޭންސް މެނޭޖްމަންޓް، އެކައުޓިންގ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ނަން:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް S01

އަސާސީ މުސާރަ:

-/7,350 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/275 ރ.

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން.

މަޤާމުގެ މަސްއޫލިއްޔަތު:

ކޮމިޝަނުގެ ޤާނޫނީ މަސައްކަތް ކުރުމާއި އިންވެސްޓިގޭޓް ކުރުން

މައިގަނޑު މަސަައްކަތްތައް:

  1. ކޮމިޝަންގެ އެންމެހައި ލީގަލް ކަންތައްތައް ހިންގައި ބެލެހެއްޓުން.
  2. އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދީ އެކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  3. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމާއި މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  4. ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  5. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް މެންބަރުންނަށް ހުށަހެޅުން.
  6. ކޮމިޝަނަށް ދަޢުވާލިބޭ ގޮތަށް ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ފަދަ ތަންތަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ ތަންތަނުގައި ކޮމިޝަން ތަމްޞީލު ކުރުމާއި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
  7. އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުން.
  8. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައިި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ޤާނޫނީ ދާއިރާއިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައިި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ނަން:

ސީނިއަރ އައި.ޓީ އޮފިސަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް S01

އަސާސީ މުސާރަ:

-/7,350 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރ.

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން.

މަޤާމުގެ މަސްއޫލިއްޔަތު:

އައި.ޓީ އާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން

މައިގަނޑު މަސަައްކަތްތައް:

  1. ސިސްޓަމްސްް އެޑްމިނިސްޓްރޭޓަރ އެއްގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  2. ކޮމްޕިއުޓަރ ނެޓްވާރކް، ސަރވަރ އަދި ކޮމްޕިއުޓަރ ނެޓްވާރކް އަށް ގުޅިފައިވާ ޕީ.ސީ ތަކާއި ޕްރިންޓަރ، ސްކޭނަރ ފަދަ ތަކެތި މެއިންޓެއިން ކޮށް، ބެކަޕްކޮށް ބެލެހެއްޓުން.
  3. ނެޓްވާރކް ބޭނުން ކުރުމުގައި ދިމާވާ މައްސަލަތަކުގައި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި މުވައްޒަފުންނަށް ދިމާވާ އައި.ޓީ މައްސަލަތައް ހައްލުކޮށްދިނުން.
  4. ކޮމިޝަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރތައް ދެނެގަނެ އެ ސޮފްޓްވެއަރތައް ހޯދުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބެލުން އަދި ސޮފްޓްވެއަރ ގަތުމުގެ ކުރިން ޕްރޮކިއުމަންޓް ޔުނިޓަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުން.
  5. އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް އިތުރަށް ފުޅާކުރުމާއި ތަރައްޤީ ކުރެވޭނެ ގޮތްތައް ދިރާސާކޮށް ޕްލޭން ކުރުން.
  6. އައި.ޓީ ސިސްޓަމް ތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް ބޭނުންވާ ތަމްރީނުތައް ހިންގުން.
  7. ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުން.
  8. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައިި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން؛ އަދި
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައިި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ ނަން:

ސަރވިސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ސަރވިސް އެސިސްޓެންޓް، ގްރޭޑް SA1

އަސާސީ މުސާރަ:

2,257/50 ރ.

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/125ރ.

ފޯން އެލަވަންސް:

ބަޖެޓް ސަރކިއުލަރ ނަންބަރު 13-E2/CIR/2011/25 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން

މަޤާމުގެ މަސްއޫލިއްޔަތު:

ފޮޅައި ސާފުކުރުމާއި ސިޓީ، ނޯޓް، ރިޕޯޓު ފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކޮށް ދިނުން

މައިގަނޑު މަސަައްކަތްތައް:

  1. ކޮމިޝަން ހިނގަމުންދާ އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ކޮމިޝަނުގައި ބޭއްވޭ ބައްދަލުވުންތަކަށް ސައި އަދި ކޮފީ ފަދަ ތަކެތި ތައްޔާރު ކުރުމާއި އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  3. ކޮމިޝަނުން ފޮނުވާ ސިޓީ ފަދަ ތަކެތި ފޮނުވަން ޖެހޭ ތަންތަނަށް ގެންގޮސް ދިނުން.
  4. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • މަޤާމުގެ ވާޖިބުތައް އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރުމާއެކު އެ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ހުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަަމަންޑޭޝަން ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

 

 

 

  •  1 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 1:30ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)

އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ

އިންޓަވިއު ކުރުން:

  • މަތީގައިވާ މަޤާމުތަކުގެ އިންޓަވިއު އަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަތީގައިވާ މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތާ ގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ކުށުގެ ރިކޯޑަށް ބެލުމަށްފަހުގައެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ކޮމިޝަންގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެެމެވެ.
25 އޮގަސްޓް 2014
ހޯދާ