މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާޠިލުވުން

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގައި އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14ވަނަ މާއްދާގެ (ށ)ގެ 3ގައި، ބްރޯޑްކާސްޓްކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފައިނުވާނަމަ ލައިސަންސް ބާޠިލުވާނެކަން ބަޔާންކޮށްފައިވާތީއާއި، މި ކޮމިޝަނުން ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން ފެށިގެން 12 މަސް ހަމަވާ ތާރީޚަކީ ޚިދުމަތް ފެށުމަށް ކަނޑައަޅާ ތާރީޚު ކަމަށާއި، އަދި މީގެ އިތުރަށް ހިނގާ 12 މަސްދުވަހުގެ ފަހުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ލައިސަންސް ބާޠިލުވާނެކަން މި ކޮމިޝަނުގެ ނަންބަރު.  IUL)427-LCM/PRIV/2013/6) (21 ފެބުރުވަރީ 2013)  އިޢުލާނުން ކަނޑައަޅާފައިވާތީ، ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ތިރީގައި ބަޔާންކޮށްފައިވާ ޗެނަލުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، އެ ޗެނެލްގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުވެފައިވާކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ޗެނެލްގެ ނަން:  ވީ ޓީ ވީ އެކްސްޓްރާ

ލައިސަންސް ދޫކޮށްފައިވާ ކުންފުނި:      އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ލައިސަންސް ނަންބަރު:  427-LCM/CML(TV)/2012/27

ލައިސަންދޫކޮށްފައިވާ ތާރީޚު:         15 މާރިޗު 2012

ބްރޯޑްކާސްޓްކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚު: 15 މާރިޗު 2013

ބްރޯޑްކާސްޓްކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާޠިލުވާ ތާރީޚު: 15 މާރިޗު 2012

ކުންފުނީގެ މަސްއޫލްވެރިން:

1)      އަލްފާޟިލް ޢަލީ ރަޝީދު އާދަމް، ނޫވިލު/އދ.މާމިގިލި (ހިއްސާދާރެއް)

2)      އަލްފާޟިލް ޢަބްދުﷲ ޙަންނާން އިބްރާހީމް، ލިލީމާ/އދ.މާމިގިލި (ހިއްސާދާރެއް)

23 ޝައްވާލު 1435

20 އޮގަސްޓް 2014
ހޯދާ