ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން

މަޤާމު

އެސިސްޓެންޓް ޓެކްނީޝަން

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް 3

މުސާރަ

މަހަކު: -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1500 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

ސެކްޝަން/ޔުނިޓް/ތަން

ކަސްޓަމަރ ސަރވިސަސް / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް / މާލެ

މަޤާމުގެ މަސްއޫލިއްޔަތު

ކޮމިއުނިކޭޝަން އިކްއިޕްމަންޓް ޗެކުކޮށް ލައިސަންސް ދޫކުރުމާބެހޭ އެންމެހާ މަސައްކަތްތައް

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑު ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން

3- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެކިއެކި ފަރާތްތަކުން ރާއްޖެއަށް އެތެރެކޮށް ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަނުކުރާ މުވާޞަލާތީ ތަކެތި ރީއެކްސްޕޯޓް ކުރުމަށް ކަސްޓަމްސްއާ ޙަވާލުކުރަން ދިއުން
  2. ކަސްޓަމްސް އާއި އެހެން ފަރާތްތަކުން ގެންނަ ކޮމިއުނިކޭޝަން އިކުއިޕްމެންޓާ ޙަވާލުވުން
  3. ވިއްކަން ދޫކޮށްފައިވާ ސެޓުތައް ވިއްކުމަށްފަހު ފޮނުވާ ނޯޓް ލިބުމުން އެ ސެޓްތައް ރަޖިސްޓަރީ ކުރަން ގެނެވިފައިވޭތޯ ބަލައި ނުގެންނަނީނަމަ އެ ފަރާތްތަކާ ގުޅައިގެން އެކަންތައް ނިންމުން
  4. ބޯޓުފަހަރުގައި ހުންނަ ރޭޑިއޯ ސެޓުތައް ސާވޭކުރުމަށް ބޯޓަށް ދިއުން އަދި ކޮމިއުނިކޭޝަން އިކުއިޕްމެންޓު ޗެކުކޮށް ޗެކު ރިޕޯޓު ހެދުން
  5. ކޮމިއުނިކޭޝަން އިކްއިޕްމަންޓުގެ ލައިސަންސްގެ ކަންތައް ނިމުމުން އެތަކެތި ކައުންޓަރާ ޙަވާލުކުރުން
  6. މި އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ކޮމިއުނިކޭޝަން އިކުއިޕްމެންޓު، ރަނގަޅު ކުރުމަށް ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި އެތަކެތި އަނބުރައި ގެނޭތޯ ބަލައި މިކަންތައްތައް ހަމަޖެއްސުން
  7. މި އޮތޯރިޓީއަށް ރަޖިސްޓަރީ ކުރަން ގެންނަ ކޮމިއުނިކޭޝަން އިކުއިޕްމަންޓުގެ ޑޭޓާ އަޕްޑޭޓުކޮށް ބެލެހެއްޓުން

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި) މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެ އަދި މިއޮތޯރިޓީގެ ވެބްސައިޓްގެ ސަރވިސަސް އިން ޑައުންލޯޑް ކުރެވޭނެ. ވެބްސައިޓް: www.cam.gov.mv )
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ސާފު ކޮޕީއެއް.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)، (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  4. ލިބިފައިވާ ލީވިންގ ސެޓުފިކެޓާއި ތަޢުލީމާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ސާފުކޮޕީ (ތަޢުލީމީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައި، ޓްރާންސްކްރިޕްޓުގެ ކޮޕީއާ ކޮލެޖްގެ ލިއުމާއެކު).
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް ވަޒީފާއެއްގައި އުޅުއްވާނަމަ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޤާމު، ކްލެސިފިކޭޝަން، މުސާރަ،  މަސްއޫލިއްޔަތު އަދި މުއްދަތު އެނގޭނެ ރަސްމީ ލިޔުންތަކުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސުންގަޑި

4 ސެޕްޓެންބަރު 2014 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

އިތުރު މަޢުލޫމާތު

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓު ކުރެވޭ 10 ފަރާތަކަށެވެ.

- އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެ އެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ. ފެކްސް ނަންބަރަކީ 3320000 އެވެ.

21 އޮގަސްޓް 2014
ހޯދާ