އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ އަދަދު:

01 (އެކެއް)

ސެކްޝަން:

ކޮމިޝަނަރސް ބިޔުރޯ

ބޭސިކް މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހިއްޖެނަމަ މަސައްކަތް ކުރާ ގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

1. ޖީ.ސީ.އީ އެޑްވާންސް ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީީ" ގްރޭޑު ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ޖީ.ސީ.އީ އެޑްވާންސް ލެވެލް "އިނގިރޭސި" ނުވަތަ "ސީ.ޕީ.އީ" އިމްތިޙާނުން ދަށްވެގެން "ސީީ" ގްރޭޑް ލިބިފައިވުން.

2. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

3. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހަކުކަމުގައި ނުވުން.

4. ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

މަސްއޫލިއްޔަތު:

- ކޮމިޝަނުގެ ރަސްމީ ޖަލްސާތަކާއި، އިންތިޚާބުތަކާ ބެހޭ ޚާއްޞަ ޖަލްސާތަކާއި، ކޮމިޝަނުގެ ކުއްލި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުން

- ކޮމިޝަން މެންބަރުންގެ އެޕޮއިންޓްމަންޓުތައް ބިއުރޯގެ ވެރިޔާ އަންގަވާ ގޮތެއްގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން

- ކޮމިޝަން މެންބަރުންގެ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުން

- ސެކްޝަންތަކާއި މުވައްޒަފުންނަށް ސެކްރެޓަރީ ޖެނެރަލް ބޭނުންވާ ކަންކަން އެންގުން.

- ސަރުކާރުގެ އެކިއެކި އޮފީސްތަކުންނާއި އަމިއްލަ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތް ތަކުންނާއި، ސިޔާސީ ޕާޓީތަކުންނާއި އަދި އަމިއްލަ ފަރާތްތަކުން ބިޔުރޯއަށް އަންނަ ސިޓީތަކަށް ސެކްރެޓަރީ ޖެނެރަލް އަންގަވާ ގޮތެއްގެ މަތިން ޖަވާބުދީ ފައިލްކޮށް ބެލެހެއްޓުން.

- މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބަލައި، އެކަންކަމުގެ މަޢުލޫމާތު މެމްބަރުންނަށް އެރުވުން.

- ސެކްރެޓަރީ ޖެނެރަލް އާއި މެމްބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

- ކޮމިޝަން ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން. އަދި ބައްދަލުވުންތަކުގެ ރިކޯޑިންގތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާ ކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު

- މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓު ތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

- ތަޢުލީމަށް މާކްސް ދޭއިރު ބެލެވޭނީ ހަމައެކަނި ޝަރުޠު 1 ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިއު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 21 ޝައްވާލު 1435

17 އޮގަސްޓް 2014
ހޯދާ