ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

މަޤާމު

ކޯޓް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 (ރޭންކް : ޖީ.އެސް. 3)

އުޖޫރައާއި ޢިނާޔަތްތައް

* ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20، ހަމަޖެހިފައިވާ އުސޫލުން ލިބޭނެ.

* އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ލިބޭނެ.

މުސާރަ

-/4465 ރުފިޔާ

ސާރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ވަޒީފާއަދާ ކުރަންޖެހޭ ތަނާއި ރަށް

ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ ޝަރުޠުތައް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއު ގައި ސާބިތު ކޮށްދިނުމާއެކު،

  1. ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލު ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ލިބިފައިވުން. 

މަޤާމުގެމައިގަނޑމަސައްކަތް/އަދާ ކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

* ޝަރީޢަތުގެ މަޖިލިސް ތައްޔާރު ކުރުން.

* ކޯޓަށް މީހުން ހާޒިރުކޮށް ޗިޓު ތައްޔާރުކުރުން .

* ކޯޓަށް ހާޒިރުނުވާ މީހުންގެ ޖޫރިމަނާ ޗިޓް ތައްޔާރުކޮށް ޗިޓް ހަވާލުކުރުމުގެ ކަންތައް ހަމަޖެއްސުން.

* ކޯޓަށް ހުށަހެޅޭ ފޯމުތައް ބަލައިގަނެ މަޢުލޫމާތު ޗެކުކުރުން.

* ލީގަލް އެސިސްޓެންޓެއް ނެތް ހާލަތުގައި، ކޯޓު އިސްމެޖިސްޓްރޭޓްގެ ލަފަޔާއެކު އެ މަސައްކަތް ކުރުން.

* ކޯޓުގެ އިސްވެރިއަކު ހަވާލުކުރާ ރަސްމީ މަސައްކަތް ކުރުން.

* ކޯޓުގެ ތަފާސް ހިސާބާއި މިނޫނަސް މިފަދަ އެހެނިހެން ރިޕޯޓުތައް ތައްޔާރުކުރުން.

* ކޯޓު އިސްމެޖިސްޓްރޭޓް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން.

* އެޑްމިނިސްޓްރޭޓިވް އޮފިސަރ ނެތިއްޖެ ހާލަތެއްގައި ފައިސާއާ ބެހޭ އަދި އިދާރީ ކަންކަމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން

* ޝަރީޢަތާ ގުޅޭ އެންމެހާ ފޮތްތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް

* ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މެޖިސްޓްރޭޓްކޯޓު ތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް: www.justice.gov.mv އިން ލިބެން ހުންނާނެއެވެ.

* އައި.ޑީ ކާޑު ކޮޕީ ( އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

* ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކޮށްފައިވާ) އަސްލު ކޮޕީ

* ވަޒީފައެއް ގައި އުޅެފައިވާނަމަ، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭ ގޮތަށް އެތަނުގެ ތައްގަނޑު ޖެހި ލިޔުމެއް.

* ސްކޫލެއްގައި އުޅެފައިވާ ނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ

* ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސުންގަޑި

1 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

ނޯޓް

މި ވަޒީފާއަށް ކުރިމަތި ލެވޭނީ މީލާދީގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޝައްވާލު 1435

19 އޮގަސްޓް 2014
ހޯދާ