މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްވަރޭޖް ފެސިލިޓީސް އިން ފައިވް (05) އައިލެންޑްސް، ދިވެހިރާއްޖެ- ޕްރޮޖެކްޓް މެނޭޖަރެއް ( ފުލް ޓައިމް ) ހޯދުމާބެހޭ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ލޯން އެހީގައި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.)ގެ ފަރާތުން ކ. ހިންމަފުށި، ހދ. ނޮޅިވަރަމްފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ އަދި ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި މަޝްރޫޢުގެ ޕްރޮޖެކްޓު މެނޭޖަރެއް ޢައްޔަން ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މިގޮތުން އައްޔަން ކުރެވޭ ޕްރޮޖެކްޓް މެނޭޖަރ ( ފުލް ޓައިމް ) އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް ރާވައި ހިންގުމާއި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލައި މަޝްރޫޢާ ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ޕްރޮގްރެސް އަދި ފައިނޭންޝިއަލް ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމެވެ.

ވީމާ މި މަޤާމަށް ސިވިލް ސާރވިސްގެ ތެރެއިން ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު ، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2014 ސެޕްޓެންބަރު 4 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން:  3004 300 960+  ފެކްސް: 3004 301 960+

އީމެއިލް އެޑްރެސް: [email protected]

 

21 އޮގަސްޓް 2014
ހޯދާ