މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލަރ

މަޤާމު: އެސިސްޓެންޓް ކައުންސިލަރ   

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: ޖެނެރަލް ސަރވިސް 4

ބޭނުންވާ އަދަދު: 2 (ދޭއް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :މަޖީދިއްޔާ ސްކޫލް / އެކަޑެމިކް ސެކްޝަން        

 ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  4ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަރަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މުސާރަ: -/5020 ރުފިޔާ (މަހަކު)                                            

ސަރވިސް އެލަވަންސް: -/1500 ރުޔިޔާ (މަހަކު)

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:  

މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ ކައުންސިލިންގގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ މި ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ. އަދި ކައުންސިލިންގގެ ދާއިރާއިން ތަޖުރިބާ ހުރި ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.

ކުރަންޖެހޭ މަސައްކަތް

  • ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ އަދި އަޚުލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި ތަފާތު ޕްރޮގުރާމުތައް ރާވައި ހިންގުން، ދަރިވަރުން އަދި މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމުތައް ރާވައި ހިންގުން. އަދި ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.  

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސްކޫލް ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އަދި ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިޔުންތަކާއި ލިބިފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކެ)

ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 02:00 ގެ ކުރިން ސްކޫލު އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިއުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަވިއު ކުރުން:

މި އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގައެވެ.

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3324691 ނަންބަރާ ފޯނާއެވެ.

18 އޮގަސްޓް 2014
ހޯދާ