މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ދޫކުރުމާ ބެހޭ

އިޢުލާން

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ދޫކުރުމާ ބެހޭ

1435 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މާލޭ ސިޓީގައި ފަގީރުންގެ ގޮތުގައި ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށް 25 ޖުލައި 2014 (27 ރަމަޟާން 1435) ވާ ހުކުރު ދުވަހުގެ ރޭ 21:00 ން ފެށިގެން ދޫކުރުން އޮންނާނެއެވެ. ފައިސާ ދޫކުރާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ހުޅުމާލެ) އާއި ، ވިލިނގިލީ އަވަށު އޮފީހުންނެވެ. އަދި ޖުލައި 26 ،27 (ރަމަޟާން 28 ،29) މި ދެ ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން ފައިސާ ދޫކުރަމުން ގެންދާނެއެވެ.

ފައިސާއާ ޙަވާލުވުމަށް ބަދަލުގައި އެހެން ފަރާތަކުން ފޮނުވާނަމަ، ފަގީރުންގެ ލިސްޓުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ އައިޑީކާޑު ގެނައުމުން އެފަރާތުގެ ފައިސާ ދޫކުރެވޭނެއެވެ. އަދި ފައިސާ ނަންގަވަން ވަޑައިގަންނަވާއިރު ނަން ނޯޓު ކޮށްފައި ދިން ސްލިޕްކޮޅާއި، ފައިސާއާ ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަވަން ވާނެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުގެންދަވާ ފަރާތްތަކަށް މި މުއްދަތުގެ ފަހުން ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް ފައިސާ ދޫކުރުން އޮންނާނީ އެ މީހަކު ނަން ނޯޓުކޮށްފައިވާ ކައުންސިލްގެ އިދާރާއަކުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ރަމަޟާން  1435

22 ޖުލައި 2014
ހޯދާ