އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވައިލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބު ފަސްކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 2008 /10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ     3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ކޯޓުން ވަކިއެއްޗެއް އަންގަންދެން ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ނުގެންދިޔުމަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ނަންބަރު B-CR-1/VA/2014/01 (12 ޖުލައި 2014) ގެ ކޯޓު އަމުރުގައި އަންގަވާފައިވާތީ، 2014 ޖުލައި 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ވޯޓުނެގުން ކުރިއަށް ނުގެންދާގޮތަށް ހަމަޖައްސައިފީމެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީޚަކާއި އިންތިޚާބާބެހޭ އިތުރު ތަފްޞީލްތައް އެޓަރނީ ޖެނެރަލްގެ އޮފީހުން ފަހުން އިޢުލާންކުރާނެއެވެ.  

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ. 

15 ރަމަޟާން 1435

13 ޖުލައި 2014
ހޯދާ