އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ބިން ކުއްޔައް ދިނުމަށް

އަރިއަތޮޅު ދެކުނުބުރީ އޮމަދޫގެ އުތުރުފަރާތު ބަނދަރު ސަރަޙައްދުގައިވާ، ސަރަޙައްދު ޗާޓު ނަންބަރު 4 ގައި އޮތް، 1583 އަކަފޫޓުގެ ބިން، މަސްވެރިކަމުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކުއްޔައް ދިނުމަށް ގަސްދު ކޮށްފީމެވެ. އެގޮތުން އެބިން ކުއްޔަށް ދިނުމަށްޓަކައި ހެދިފައިވާ މަޢުލޫމާތު ކަރުދާސް، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ކަރުދާހުގެ އަގަކީ 1000.00ރ (އެއްހާސް ރުފިޔާ) އެވެ.

މި ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 7 ލާރިއެވެ. އެއީ ޖުމުލަ 110.81ރ (ސަތޭކަ ދިހަ ރުފިޔާ އައްޑިހަ އެއް ލާރި ) އެވެ.

ވީމާ މިބިން ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލްގެ އިދާރާއިން ދޫކުރާ ނަމޫނާއާ އެއްގޮތަށް ސިޓީ ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ހުށަހަޅުއްވާ ސިޓީގައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަވާން ވާނެއެވެ. އަދި ސިޓީއާއެކު މަޢުލޫމާތުކަރުދާސް ގަތުމަށް ފައިސާދެއްކި ރަޝީދުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

1 ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް (ކުންފުންޏަކުން ހުށަހަޅުއްވާނަމަ އެކުންފުންޏެއްގެ ނަމާއި އެޑްރެސް)

2 ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑުގެ ނަންބަރު: (ކުންފުންޏަކުންނަމަ ރަޖިސްޓަރީ ނަންބަރު)

3 ހުށަހަޅުއްވާ އަގު: (އަކަފޫޓަކަށް ބަލައިގެން)

4 ބިމުގެ ނަންބަރާއި މިން (އަކަފޫޓުން):

ހުށަހަޅުއްވާ ސިޓީތަކުގައި މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަ ނުވާނަމަ ބާޠިލް ކުރެވޭނެއެވެ.

ބިން ކުއްޔަށް ހިފުމަށްޓަކައި ސިޓީ ހުށަހަޅުއްވައިގެން އެބިމެއް އެފަރާތަކަށް ލިބުމުން އެގްރިމެންޓުގައި ސޮއި ނުކޮށްފިނަމަ އެކަމުން ކައުންސިލްގެ އިދާރާއާއި ރައްޔިތުންނަށް ލިބޭ މާލީ ގެއްލުމުގެ ބަދަލުގައި -/500ރ އާއި -/5000ރ އާ ދެމެދުގެ ޢަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.  އަދި އެފަރާތަކަށް އދ. އޮމަދޫގެ އެހެން ބިމެއް ކުއްޔަށް ހިފުމަށް ކުރިމަތި ލެވޭނީ އެފައިސާ ކައުންސިލގެ އިދާރާއަށް ދެއްކުމަށްފަހު ފައިސާ ދެއްކި ރަޝީދުގެ ކޮޕީއާއެކުގައެވެ.  

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.  

                       

03 ޖޫން 2014
ހޯދާ