ދިވެހިބަހުގެ އެކަޑަމީ
ދިވެހިރާއްޖެ
ދިވެހި ބަހުގެ ބަހުރުވަތަކުގެ އަދަބީބަސް ފޮތް ލިޔުމުގެ ފުރަތަމަ މުބާރާތް – 2014 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

"ދިވެހި ބަހުގެ ބަހުރުވަތަކުގެ އަދަބީބަސް" ފޮތް ލިޔުމުގެ ފުރަތަމަ މުބާރާތް – 2014 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން  2014 ވަނަ އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ދިވެހި ބަހުގެ ބަހުރުވަތައް ދިރުވައި އާލާކުރުމުގެ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ. މި ދާއިރާއިން އިނާމު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ "ދިވެހި ބަހުގެ ބަހުރުވަތަކުގެ އަދަބީބަސް" ފޮތް ލިޔުމުގެ މުބާރާތެއް މި އެކެޑަމީން ބާއްވައި، އެ މުބާރާތުން 1 ވަނަ ހާސިލުކުރާ ފަރާތަށް ނުވަތަ ފަރާތްތަކަށެވެ. މި މުބާރާތުގެ ގަވާއިދު މި އިޢުލާނާއެކު މިވަނީއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2014 ސެޕްޓެންބަރު 15ވާ ހޯމަ ދުވަހުގެ 14:30ގެ ކުރިން މި އެކެޑަމީ (ހ. ސޯސަންގެ) އަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު، މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv ން އަދި މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އެކެޑަމީގެ 3345285  ނުވަތަ 3345299 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

01 ޖުލައި 2014
ހޯދާ