މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެސިސްޓެންޓް ޑިރެކްޓަރ، ސީނިއަރ ފައިނޭންސް އޮފިސަރ އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

01. މަގާމް

އެސިސްޓެންޓް ޑިރެކްޓަރ        

މަޤާމް ނަމްބަރު:

J-321795

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3  

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޯޓާ ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. ކޯޓާ ދޫކުރުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގައި މެނޭޖްކުރުމާއި ސްޕަވައިޒްކުރުން
 2. ކޯޓާ ދޫކުރުމާއި ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގައި މެނޭޖްކުރުމާއި ސްޕަވައިޒްކުރުން
 3. "ކޯޓާ ސިސްޓަމް" ހަނރުދަނާކޮށް ބަދަލުކުރުމުގެ ގޮތުން، ގެންނަންޖެހޭ ބަދަލުތަކާއި ގުޅެ ގޮތުން ދިރާސާކުރުމާއި މައުލޫމާތު ހޯދުމާއި އެކަމާއި ގުޅިގެން ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި، ގެނެވޭ ބަދަލުތައް އިންޕްލިމެންޓް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވައި ހިންގައި މެނޭޖްކުރުމާއި ސްޕަވައިޒްކުރުން
 4. ކުރީގެ ކޯޓާ ޕޮލިސީތަކުގގެ ދަށުން ދޫކޮށްފައިވާ ކޯޓާތައް އަލަށް އެކުލަވާލެވޭ ކޯޓާ ޕޮލިސީއާއި އެއްގޮތަށް ބަދަލުކުރުމާ އެކަމާބެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ސްޕަވައިޒްކުރުން
 5. ކޯޓާ ދޫކުރުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، އުސޫލުތަކާއި ޕްރޮސެސްތަކާއި އަދި ބޭނުންކުރެވޭ ސިސްޓަމްތަކަށް ގެނެވިދާނެ ބަދަލުތަށް ދެނެގަނެ، ސެކްޝަން ހެޑްގެ ލަފާގެ މަތިން އެ ފަދަ ބަދަލުތައް ގެނައުން
 6. ކޯޓާއާއި ގުޅިގެން ސިސްޓަމަށް ނުވަތަ ޑޭޓާބޭސްއަށް ބޭނުންވާ މަޢުލޫމާތު އަޕްޑޭޓްކުރުމުގެ މަސައްކަތް ސެކްޝަން ހެޑްގެ ލަފާގެ މަތިން ކުރުން
 7. ވަޒީފާ އަދާކުރުމުގެ ހުއްދައާ ގުޅިގެން ތަނަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިދުމަތް ދެވޭނޭ ގޮތަށް އެކަށީގެންވާ މާހައުލެއް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ކުރުން
 8. ކޯޓާ ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރާވާ ހިންގުން

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 • އެޑްމިނިސްޓްރޭޝަން
 • ބިޒްނަސް އެޑްމިނިސްޓްރޭޝަން
 • ބިޒްނަސް މެނޭޖްމަންޓް
 • މެނޭޖްމަންޓް
 • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިން:

 • ބިޒްނަސް އެޑްމިނިސްޓްރޭޝަން
 • ބިޒްނަސް މެނޭޖްމަންޓް
 • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ކޯ ޑިސިޕްލިން: ނެތް

ނޯޓް: ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 • އެޑްމިނިސްޓްރޭޝަން
 • މެނޭޖްމެންޓް

20. މަގާމް

ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމް ނަމްބަރު:

J-341885

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3  

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ އެކައުންޓިންގ/ފައިނޭންސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން އެންމެހާ ކަންތައްތައް ރާވާ ހިންގުމާއި ސުޕަވައިޒް ކުރުމާއި އަމަލީ ގޮތުން މަސައްކަތްތައް ކުރުން.
 2. ބަޖެޓާއި ގުޅިގެން އެހެން ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓްކުރުމާއި ސިޓީ ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން.
 3. މާލީ ބަޔާން ތައްޔާރުކުރުމާއި ތައްޔާރުކުރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުމާއި ބެލެހެއްޓުމާއި، އަހަރީ ބަޖެޓް އެކުލަވާ، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމުގެ ކަންކަން ބެލެހެއްޓުމާއި ކުރުން.
 4. މިނިސްޓްރީގެ ފައިނޭންސް ސެކްޝަނުން ތައްޔާރުކުރާ ހުރިހާ ޕީވީތައް އެޕްރޫވްކޮށް ސެޕް ސިސްޓްމްއިން ޕޯސްޓް ކުރުން މިނިސްޓްރީގެ މުސާރަ ޝީޓް ވެރިފައިކޮށް ސެޕް ސިސްޓަމަށް އަޅައި ކަނޑައަޅާފައިވާ ދުވަހަށް ބޭންކަށް މުސާރަ ޖަމާކުރުން.
 5. މިނިސްޓްރީގެ ދަށުން ހިންގާ އެކި ޕްރޮޖެކްޓް ތަކުގެ މާލީ ކަންކަމާއި ގުޅޭގޮތުން އެހީތެރިވެދިނުން
 6. މިނިސްޓްރީގެ ދަށުން އެމް.އެމް.އޭ އަދި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެންމެހައި އެކައުންޓްތަކުގެ ރިކޮންސިލިއޭޝަން ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާތޯ ކަށަވަރުކުރުން
 7. ދައުލަތުގެ އާމްދަނީ ގޮތުގައި މިނިސްޓްރީން ބަލައިގަންނަ ފައިސާގެ އެންމެހާ ކަންތައްތައް ސުޕަވައިޒް ކުރުމާއި، ޑިޕޮސިޓްގެ ގޮތުގައި މާލީ އަހަރު ލިބުނު ފައިސާ އަދި ދޫކުރެވުނު ރީފަންޑްގެ އެންމެހާ ކަންތައްތައް ސުޕަވައިޒް ކުރުން.
 8. ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުގެ ފައިސާގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުމާއި މާލިއްޔާތުގެ ޤާނޫނާ ޤަވާއިދާ އެއްގޮތަށް މިނިސްޓްރީން ކުރަންޖެހޭ ޚަރަދުތައްކޮށް ހިސާބު ބެލެހެއްޓުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަމަލީގޮތުން މިކަންކަން ކުރުން.
 9. ސެކްޝަނުން ޢާންމުންނަށާއި އަދި އިންޓަރނަލްކޮށް އޮފީހުގެ އެހެން ސެކްޝަންތަކާއި މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކަށާއި އަދި ސެކްޝަނުންކުރާ ހުރިހާ މަސައްކަތްތަކުގެ ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (SOPs) ތައްޔާރުކޮށް މި ޕްރޮސީޖަރސްތަކާއި އެއްގޮތަށް ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުން.

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 • އެކައުންޓިންގ
 • ބިޒްނަސް އެޑްމިނިސްޓްރޭޝަން
 • ބިޒްނަސް މެނޭޖްމަންޓް
 • ފައިނޭންސް

ކޯ ޑިސިޕްލިން:

 • އެކައުންޓިންގ
 • ފައިނޭންސް

ޕްރިފަރޑް ޑިސިޕްލިން: ނެތް

ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 • ފައިނޭންސް
 • އެކައުންޓިންގ

03. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރު:

J-321678

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިނިސްޓްރޭޓިވް ސަޕޯރޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. މިނިސްޓްރީގެ ހެޑްއޮފީހުގެ އިންފޮމޭޝަން ކައުންޓަރުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިންފޮރމޭޝަން ކައުންޓަރުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
 2. އެހެން ސެކްޝަނަކުން ނުވަތަ ޔުނިޓަކުން ދޭންޖެހޭ މަޢުލޫމާތެއްނަމަ އެ ފަރާތަކާއި ގުޅުވައިދިނުން
 3. މިނިސްޓްރީގެ ކައުންޓަރަށް އަންނަ ސިޓީ، ބިލް، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަތުން
 4. މިނިސްޓްރީގެ އާއްމު ނަމްބަރަށް އަންނަ ކޯލްތަކަށް ޖަވާބުދީ ސެކްޝަން/ޔުނިޓްތަކަށް ކޯލް ފޯވަރޑް ކުރުން
 5. މިނިސްޓްރީގެ އިންފޮރ މެއިލް ޗެކްކޮށް "ޓޯކް ޓު" ޓިކެޓިންސ ސިސްޓަމް މެދުވެރިކޮށް އެކަމަކާއި ގުޅޭ ސެކްޝަން/ޔުނިޓަށް އީ-މެއިލް ފޯވަރޑްކޮށް ޓިކެޓް ކްލޯސް ކުރުން
 6. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި ޑެޕިއުޓީ މިނިސްޓަރ، ޕަރމަނެންޓް ސެކްރެޓަރީއާއި ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓް ހައްދަވައިގެން ވަޑައިގަންނަވާ ބޭފުޅުން ރިސީވް ކޮށް އެބޭފުޅުންނާއި ބައްދަލު ކުރެވޭނެގޮތް ހަމަޖައްސައި ދިނުމަށް މިނިސްޓަރސް ބިއުރޯގެ މުވައްޒަފުންނާއި ގުޅުވައިދިނުން
 7. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި ޑެޕިއުޓީ މިނިސްޓަރ، ޕަރމަނެންޓް ސެކްރެޓަރީއާއި ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓަކަށް އެދިގެން ވަޑައިގަންނަވާ ބޭފުޅުންނަށް އެޕޮއިންޓްމަންޓް ހަމަޖައްސައި ދިނުމަށް މިނިސްޓަރސް ބިއުރޯގެ މުވައްޒަފުންނާއި ގުޅުވައިދިނުން
 8. މިނިސްޓްރީގެ ހެޑްއޮފީހުގައި އޮންނަ މީޓިންގތަކަށް ވަޑައިގަންނަވާ ބޭފުޅުން ރިސީވްކޮށް ވެއިޓިންގ ރޫމް ނުވަތަ މީޓިންގ ރޫމަށް ގެންދިއުމާއި މީޓިންގ ހަމަޖެއްސި ސެކްޝަންގެ މުވައްޒަފުންނަށް އެކަން އެންގުން
 9. މިނިސްޓްރީގެ ވަޒީފާގެ އިންޓރަވިއުތަކަށް އަންނަ މުވައްޒަފުން ރިސީވް ކޮށް އެޗް.އާރ ސެކްޝަނާއި ގުޅުވައިދިނުން
 10. މިނިސްޓްރީގެ އިންޓަރނަލް ކޮމިޓީތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެކަމާއިބެހޭ މެމޯތައް ފޮނުވުމާއި ބެހޭ އިދާރީ މަސައްކަތްކުރުން
 11. ސެކްޝަނުން ޖަވާބުދޭންޖެހޭ އަދި ފޮނުވަންޖެހޭ މެމޯއާއި ސިޓީފަދަ ލިޔުންތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން
 12. މިނިސްޓްރީ އިން ބާއްވާ އެކިއެކި އިވެންޓްސް އިންތިޒާމްކުރުމާއި އޮފީހުގައި ހިންގާ އަދި ބާއްވާ މުހިންމު ހަރަކާތްތަކާއި ހަފްލާތަކުގެ ލޮޖިސްޓިކްސް މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިކަން ދިނުމާއި އެކަމާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން
 13. މިނިސްޓްރީގެ އެކިއެކި ބޭނުމަށް ކުރަންޖެހޭ ދަތުރުތަކުގެ ލޮޖިސްޓިކްސް ހުރިހާ މަސައްކަތެއް ކުރުން (ޑެޕިއުޓީ މިނިސްޓަރުންނާއި އޮފީހުގެ ސެކްޝަންތަކުގެ ވެރިންނާއި މުވައްޒަފުންގެ ރަސްމީ ދަތުރުތަކުގެ ވިސާ ނެގުން، ޓިކެޓް ބުކްކުރުން، ޓިކެޓާ އެލަވަންސް ހަމަޖެއްސުމަށް ބަޖެޓް ސެކްޝަނަށް ރިއުއެސްޓް ދިނުން، ދަތުރު ދާ ފަރާތްތައް ދާ ރަށެއްގައި ހުންނާނެތަން ހަމަޖެއްސުން، އަތޮޅު ތެރޭ ކުރާ ދަތުރުގެ ކަންތައް ހަމަޖެއްސުން ފަދަ ކަންތައްތައް ބަލަހައްޓާ ދަތުރަށް ބޭނުންވާ އެންމެހާ ކަންތައްތައް އިންތިޒާމް ކުރުން)
 14. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ، ޑެޕިޔުޓީ މިނިސްޓަރ އަދި ޕާމަނަންޓް ސެކްރެޓަރީން ކުރައްވާ ދަތުރުތަކުގެ އެއަރޕޯރޓް ކްލިއަރެންސް އަދި ފުރުވުމާއި، ރިސީވް ކުރުމުގެ އިދާރީ ކަންތައްތައް އިންތިޒާމުކުރުން
 15. މިނިސްޓްރީގެ އެޑްމިން ޑެސްކްއަށް ހަމަޖެހިފައިވާ "ޓޯކް ޓު" ޓިކެޓިންގ ސިސްޓަމް ކޮންމެ ދުވަހަކު ޗެކްކޮށް އެސައިން ވެފައިވާ ޓިކެޓްތަކަށް އެޓެންޑް ކުރުމާއި، ސްޓޭޓަސް އަޕްޑޭޓް ކޮށް މަސައްކަތް ނިމުމުން ޓިކެޓް ކްލޯސް ކުރުން
 16. މިނިސްޓްރީ ހުޅުވާ ލެއްޕުމުގެ ކަންތައްތައް އިންތިޒާމުކޮށް މުވައްޒަފުންނަށް ކީ އެކްސެސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި އޮފީހުގެ ހުޅުވާ ލައްޕާ ޝެޑިއުލް ތައްޔާރުކުރާ މުވައްޒަފު ޗުއްޓީ ނެގުމުން އެމަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 • އެޑްމިނިސްޓްރޭޝަން
 • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ސެޕްޓެމްބަރ 2021 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، އަދި އިމްތިޙާން އޮންނާނީ ، 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 ސެޕްޓެންބަރު 2021
ހޯދާ