އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ޓަރމިނަލްގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 16 ސެޕްޓެންބަރު 2021 12:51 ގައި ބާތިލް ކުރެވިފައެވެ.


މި ކުންފުނީގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހިންގާ ސީޕްލޭން ޓާރމިނަލް މެއިން އޭރިޔާގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓެރިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން  އިއުލާނާއިއެކު ހިމެނިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް ފުރުއްވުމަށްފަހު މި ކުންފުނީގެ އީމެއިލް [email protected]، [email protected] އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 15 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގެ ކުރިންނެވެ.

ޝައުގުވެރިކަން ފާޅު ކުރައްވާ ފަރާތްތަކަށް ސައިޓް ވިޒިޓް ސެޝަން ހަމަޖެއްސުމަށްޓަކައި، މި ސެޝަން އަށް ވަޑައި ގަންނަވާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ މެއިލް އާއި އެކު ފޮނުއްވައި ދިނުން އެދެމެވެ.

އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކަށް މި ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ބޭފުޅުން، އިސްވެ ދެންނެވުނު އީމެއިލް އެޑްރެސްއަށް އީމެއިލް ފޮނުއްވައިގެން، ނުވަތަ މި ކުންފުނީގެ ނަންބަރު 3331230، 3024763 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

*މަތީގައި ދެންނެވިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް އަދި ބިޑް އާއި ގުޅޭ މައުލޫމާތު މި އިއުލާނާއި އެކު ޑައުންލޯޑް ކުރެއްވޭނެއެވެ.

 

14 ސެޕްޓެންބަރު 2021
ހޯދާ