ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ

                                               

އިޢުލާނު

 

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-343530

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ  (އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ސޯޝިއަލް ސާރވިސަސް ޔުނިޓް)

މުސާރަ:

6295 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900 ރުފިޔާ
ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

-          ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

-          ކައުންސިލް އިދާރާގެ ފަރާތުން ރަށުގައި ހިންގާ އެންމެހާ ޕްރޮޖެކްޓްތަކުގެ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި ޕްރޮޖެކްޓްތަކުގެ ފޯކަލް ޕޮއިންޓެއް ގޮތުގައި ހަރަކާތްތެރިވުން

-          ކައުންސިލް ފަރާތުން ރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކުގެ ޕްރޮޖެކްޓް ޑޮކިއުމަންޓް، ޕްރޮޕޯސަލް އަދި މަޢުލޫމާތު ކަރުދާސްފަދަ އެންމެހާ ލިޔެކުޔުންތައް ތައްޔާރު ކުރުން

-          ސާރުކާރުގެ އެކި ވުޒާރާތަކުން އަދި ރަށުގައި އެކި ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް މޮނިޓަރކޮށް، އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ޕްރޮޖެކްޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން

-          ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ދެނެގަތުމަށް ހިޔާލު ހޯދުމާއި، ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

-          ޕްރޮޖެކްޓްތަކާ ގުޅިގެން ކުރެވޭ އެއްބަސްވުންތައް ބަލަހައްޓައި، މާލިއްޔަތު ޤަވައިދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ޔަގީންކޮށް މަސައްކަތާ ގުޅޭ ރިޕޯޓްތައް އެކުލަވާލައި ޕްރޮކިއުމަންޓް އަދި ފައިސާއާ ގުޅޭ ސެކްޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން

-          ތަރައްޤީގެ ޕްލޭން، ލޭންޑް ޔޫސް ޕްލޭން، ކައުންސިލްގެ ވޯރކް ޕްލޭން އަދި ކައުންސިލްއިން ފޯރުކޯށްދޭ އެންމެހާ ޚިދުމަތްތަކަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން

-          ތަރަޤީއާ ގުޅޭ ރިޕޯޓްތަކާއ ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ރިޕޯޓްތަކެއް އެކުލަވާލއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔުނިޓަށް ހުށައެޅޭ ސިޓީ، މެސެޖް އަދި އީމެއިލްތަކަށް ޖަވާބުދިނުން

-          ޕްރޮޖެކްޓްތަކާ ހަވާލުވެފައިވާ ކޮންޓްރެކްޓަރުން ހުށައަޅާ ބިލްތައް ޗެކްކޮށް މަސައްކަތް ކުރިއަށް ގޮސްފައިވަނީ އެއްބަސްވުންތަކާ، މާލިއްޔަތު ގަވައިދާ އެއްގޮތަށްކަން ކަށަވަރުކޮށް ބިލްތައް ގުޅުން ހުރި ފަރާތްތަކަށް ފޮނުވުން

-          ޤާނޫނާއި ޤަވައިދު އުސޫލު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްތަކާއި އެއްގޮތަށް ރައްޔިތުންގެ މާލިއްޔަތު މުއްސަނދި ކުރުމަށްޓަކައި ވިޔަފާރި އަދި އެހެނިހެން ބޭނުމަށް ބިންދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، މިގޮތަށް ދޫކުރެވޭ ބިންތަކުގެ އެގްރީމަންޓްތައް ބެލެހެއްޓުމާއި ބިންތަކާ ގުޅޭ އެންމެހޭ މަސައްކަތްތައް ކުރުން

-          ޕްރޮޖެކްޓްތަކާ ގުޅިގެން ބިޑް ކޮމިޓީ އަދި ޒިންމާވާ އެހެން ފަރާތްތަކުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ދުރާލާ އެފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ޤަނޫނާއި ގަވައިދުތަކާ އެއްގޮތަށް ޕްރޮޖެކްތްތައް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުން

-          ޕްރޮޖެކްޓްތަކަށް ބޭނުންވާ އެޑްވާންސް ފައިސާ، ރިޓެންޝަންފައިސާ ދޫކުރުން ފަދަ ޕްރޮކިއުމަންޓާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށް މިކަންތައްތައް ތަންފީޒު ކުރުމަށް އެހީތެރި ވެދިނުން

-          ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އެގްރީމަންޓްތައް ބެލެހެއްޓުމާއި ޕްރޮޖެކްތްތައް ކަނޑައަޅާފައިވާ ޓައިމްލައިންތަކާ އެއްގޮތަށް ކުރިއަށްދޭތޯ މޮނިޓަރކޮށް ޔަގީންކުރުމާއި ޕްރޮޖެކްޓްގެ އެގްރީމަންޓްގައިވާ ކަންތައްތައް ތަންފީޒު ކުރުމާއި މިކަންތައް ކުރުމަށް ގުޅުންހުރި ސެކްޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

-          ޕްރޮޖެކްޓްތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތަކެއް ބަލަހައްތައި މިކަމާ ގުޅޭ ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ގަވައިދުން ފޮނުވުމާއި ޕްރޮޖެކްޓްތަކާ ގުޅުންހުރި ކަންތައްތަކުގައި ޕްރޮކިއުމަންޓް އަދި ފައިސާއާ ގުޅޭ ސެކްޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން

-          ޕްރޮޖެކްތްތަކަށް ބޭނުންވާ ސައިޓް ކަނޑައެޅުމާއި ބިންދެއްކުމުގައި އެހީތެރކަން ފޯރުކޮށްދިނުމާއި އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ދޫކުރެވޭ އިމާރާތްތަކާއި ބިންތަކުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން

-          ކައުންސިލް އިން އާމްދަނީހޯދުމަށްޓަކައި ދޫކުރެވޭ އިމާރާތްތަކާއި ބިންތަކުގެ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން

-          ސެކްޝަނަށް ލިބޭ ސިޓީ މެސެޖަށް ޖަވާބުދާރީވުން

-          ކައުންސިލްގެ ވާރކްޕްލޭން އަށް އަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

-          ރަށުގައި ހިންގުމަށް ރާވާ އަދި ހިންގޭ ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރަންޖެހޭ ސާރވޭ ކުރުމާއި ޖަމިއްޔާ ޖަމާއަތްތައް އަދި އާންމު ފަރުދުންގެ ހިޔާލާއި މަޝްވަރާ ހޯދުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ކޮމާސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ޑިވެލޮޕްމަންޓް ސްޓަޑީޒް

އިކޮނޮމިކްސް

ފައިނޭންސް

ގަވަރނަންސް

ހިއުމަން ރިސޯސް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މާކެޓިންގ

މާކެޓިންގ މެނޭޖްމަންޓް

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑިޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މޭނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖުމަންޓު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (12 ސެޕްޓެމްބަރ 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 13 ސެޕްޓެމްބަރ 2021 އާއި 14 އޮކްޓޯބަރ 2021 އާ ދެމެދު، ކުޅުދުއްފުށި ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

28 މުޙައްރަމް 1443

05 ސެޕްޓެމްބަރ 2021

05 ސެޕްޓެންބަރު 2021
ހޯދާ