ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ

 

އިޢުލާނު

 

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-343529

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ  (އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ސޯޝިއަލް ސާރވިސަސް ޔުނިޓް)

މުސާރަ:

6295 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900 ރުފިޔާ
ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

-          ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން

-          އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ޑިރެކްޓަރ އަދި ކައުންސިލްގެ ލަފާގެ މަތިން ރާވައި ހިންގުން

-          އިކޮނޮމިކް ޑިވޮލޮޕްމަނމްޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ މަސައްކަތްތަކަށް ބޭނުންވާ އުޞޫލުތަކާއި އެސް.އޯ.ޕީތައް އެކުލަވާލުމާއި ތަންފީޒު ކުރުން އަދި މަސައްކަތް ކުރިއަށްދަނީ ޤާނޫނު، ޤަވައިދު، އުސޫލު އަދި އެސް.އޯ.ޕީ ތަކާ އެއްގޮތަށް ކަން ޔަގީން ކުރުން

-          ތަރަޤީއާ ގުޅޭ ރިޕޯޓްތަކާއ ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ރިޕޯޓްތަކެއް އެކުލަވާލއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔުނިޓަށް ހުށައެޅޭ ސިޓީ، މެސެޖް އަދި އީމެއިލްތަކަށް ޖަވާބުދިނުން

-          ތަރައްޤީގެ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އޮފީސްތަކުން ގެންގުޅުއްވާ ސިޔާސަތުތަކާއި ބެހޭ މަޢުލޫމާތު ހޯދާ އެމަޢުލޫމާތުތަކާއި އެއްގޮތަށް ތަރައްޤީގެ ޕްލޭންތައް ހެދުމާއި ތަރައްޤީގެ ޕްލޭނާއި ގުޅުންހުރި ލިޔުންތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

-          ތަރައްޤީގެ މަޝްރޫއުތައް ރޭވުމުގައި ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާއި ޕާރސްޕެކްޓިވް ޕްލޭނާއި ސެކްޓޯރަލް (އެކި ދާއިރާތަކުގެ) ޕްލޭންތަކާއި 2020 ގެ ތަސައްވުރުގައިވާ ގޮތުގެ މަތިން ޕްލޭންތައް ރޭވުން.

-          ޤާނޫނާއި ޤަވައިދު އުސޫލު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްތަކާއި އެއްގޮތަށް ރައްޔިތުންގެ މާލިއްޔަތު މުއްސަނދި ކުރުމަށްޓަކައި ވިޔަފާރި އަދި އެހެނިހެން ބޭނުމަށް ބިންދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، މިގޮތަށް ދޫކުރެވޭ ބިންތަކުގެ އެގްރީމަންޓްތައް ބެލެހެއްޓުމާއި ބިންތަކާ ގުޅޭ އެންމެހޭ މަސައްކަތްތައް ކުރުން

-          ރަށުގެ އިޤްތިސާދު، ސިނާއަތްތައް، މަސައްކަތްތެރިކަމާ، ވިޔަފާރިއާ ގުޅޭ އެންމެހާ މަސައްކަތްތަކެއް ރާވައި ހިންގުން

-          ރަށުގެ އިޖްތިމާޢި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. މި ގޮތުން ރަށުގައި ދިރުއުޅޭ ވުލަނަރަބަލް ގްރޫޕްސް ތަކުގެ މަޢުލޫމާތު އެއްކޮށް އެފަރާތްތަކުގެ ދިރުއުޅުމެ ހާލަތު ރަނގަޅު ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި މިފަދަ ފަރާތްތަކުގެ ދަފްތަރުތައް އެކުލަވާލައި ހާލަތު މޮނިޓަރ ކުރެވޭނެ ނިޒާމްތައް ޤާއިމްކޮށް ތަންފީޒު ކުރުން

-          އިކޮނޮމިކް ޑިވޮލޮޕްމަންޓް އަދި ސޯޝަލް ސާރވިސަސް ޔުނިޓްގެ ހިންގުން ހަރުދަނާ ކުރުމަށް ޓެކްނިކަލް ލަފާ ފޯރުކޮށްދިނުމާއި، ކައުންސިލްއިދާރާއިން ދެވޭ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށާއި ހަލުވި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މަސައްކަތް ކުރިއަށްދާގޮތް އޮޑިޓްކޮށް ރަނގަޅު ކުރުން

-          ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ދެނެގަތުމަށް ހިޔާލު ހޯދުމާއި، ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

-          ތަރައްޤީގެ ޕްލޭން، ލޭންޑް ޔޫސް ޕްލޭން، ކައުންސިލްގެ ވޯރކް ޕްލޭން އަދި ކައުންސިލްއިން ފޯރުކޯށްދޭ އެންމެހާ ޚިދުމަތްތަކަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

-          އިންތިހާބުތަކާއި، ބޯހިމެނުމާއި ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި، މިފަދަ މަސައްކަތްތަކަށް ބޭނުންވާ ސިސްޓަމްތައް އެކުލަވާލުމާއި ތަންފީޒުކުރުން

-          އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި ބޭނުންވާ އެހީތެރިކަމާ އިރުޝާދު ފޯރުކޮށްދިނުން

-          މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ނެޝެނަލް ޑްރަގް އެޖެންސީ، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ފަދަ އިޖްތިމާއި ދުޅަހެޔޮކަމާއި ރައްކާތެރިކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކުގެ މެންޑޭޓް ރަށު ލެވެލްގައި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މިފަދަ މަސައްކަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން

-          ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން މަންފާ އިތުރު ކުރާނެ ގޮތްތަކާއި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ވާސިލްވާނެ ފަދަ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ރަށުގައި ތަފާތު އެކި ސިނާއަތްތަށް ކުރިއެރުވުމާއި ފެށުމަށް ކުރަންޖެހޭ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ކުރުން އަދި ސިނާއަތްތައް ކުރިއަރުވާނެ ގޮތާއި ވިޔަފާރި އަދި ކޮޕަރޭޓިވް ސޮސައިޓީ ފަދަ މަންފާ އިތުރުކުރެވޭ ކަންތައް ކުރުމަށް އާންމުން އަދި ރަށުގެ އެކި ގުރޫޕްތަކަށް އެހީތެރިކަން ފޯރުކޯށްދިނުން

-           އައުޓް ސޯސް ކުރެވިގެން ދެވޭ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

-          ރަށުގައި ހިންގާ އެންމެހާ ޕްރޮޖެކްޓްތގައް ހިނގާ ނުހިގާގޮތް ބެލުމާއި މިފަދަ ޕްރޮޖެކްޓްތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ނތައްޔާރުކޯށް ރިކޯޑް ބެލެހެއްޓުން

-          ސެކްޝަނުން ލިޔަންޖެހޭ، ސިޓީ، ރިޕޯރޓް ފަދަތަކެތި ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން

-          ތަރައްޤީއަށްޓަކައި ހިންގޭ މަޝްރޫޢުތަކާއި، ބެހޭ ޕްރޮގްރާމުތައް އިވަލުއޭޓްކުރުމާ، ރިޕޯޓް ތައްޔަރޫ ކުރުމާއި ރަށުފެންވަރުގެ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ރޭވުމުގައި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމާއި ، ކުޅުދުއްފުށީ ތަރައްޤީގެ ހާލަތާއި ބެހޭ ދިރާސާތައްކޮށް، ހިންގަންފެންނަ މަޝްރޫޢުތަކާއި ބެހޭ ޕްރޮގްރާމުތައް ރޭވުން.

-          އަންހެނުންގެ ކޮމެޓީގެ ކަންތައްތައް ބެލެހެއްޓުން

-          ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭންތައް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއި އަދި އޮފީހުގައި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ބިންދޫކުރމުގައި އެހީތެރިކަން ފޯރުކޮށްދިނުން

-          ރައްޔިތުންގެ އިމާރާތްތަކާއި ބިންތައްކުއްޔަށް ދޫކުރުމާއި ގުޅޭ އިދާރީ މަސައްކަތް ކުރުން

-          ބިދޭސީންގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމާއި ރަށުގައި ރަޖިސްޓަރީވެގެން ހިންގާ ކްލަބް ޖަމިއްޔާތަކާ ބެހޭ ކަންތައްތައް ބެލެހެއްޓުން

-          ކޮންމެ ފަސް އަހަރަކުން އެއްފަހަރު ތައްޔާރު ކުރަންޖެހޭ ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އިދާރާގެ އެހެން ސެކްޝަންތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުމާއި އެ ޕްލޭންތަކަށް އަންނަ ބަދަލުތައް ގެނައުމާއި އަދި އެ ޕްލޭންގައި ހުރި ކަންކަން ތަންފީޒުކުރޭތޯ ބަލާ ޗެކްކުރު

-          ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށްދައުލަތުން ދެއްވާ އެހީއާއި ބެހޭ އިދާރީ މަސައްކަތް ކުރުން އަދި ދަފްތަރު އަދާ ހަމަކޮށް ބެލެހެއްޓުމާއި އެކަނިވެރި މައިން އަދި ބަފައިންނަށް ދައުލަތުން ދެއްވާ އެހިއާއި ބެހޭ އިދާރީ މަސައްކަތް ކުރުން އަދި ދަފްތަރު އަދާ ހަމަކޮށް ބެލެހެއްޓުމާއި 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ދެއްވާ އެހީއާއި ބެހޭ އިދާރީ މަސައްކަތް ކުރުން އަދި ދަފްތަރު އަދާ ހަމަކޮށް ބެލެހެއްޓުން

-          ރަށުގައި އުޅޭ އެކި ގޮތްގޮތުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމައި އެފަދަ ފަރާތްތަކާ ގުޅޭ ރިޕޯޓްތައް އެކުލަވާލައި އެހީވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ކޮމާސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ޑިވެލޮޕްމަންޓް ސްޓަޑީޒް

އިކޮނޮމިކްސް

ފައިނޭންސް

ގަވަރނަންސް

ހިއުމަން ރިސޯސް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މާކެޓިންގ

މާކެޓިންގ މެނޭޖްމަންޓް

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑިޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މޭނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖުމަންޓު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (12 ސެޕްޓެމްބަރ 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 13 ސެޕްޓެމްބަރ 2021 އާއި 14 އޮކްޓޯބަރ 2021 އާ ދެމެދު، ކުޅުދުއްފުށި ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

28 މުޙައްރަމް 1443

05 ސެޕްޓެމްބަރ 2021

05 ސެޕްޓެންބަރު 2021
ހޯދާ