މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާނު

މިމިނިސްޓްރީގެ ނަންބަރު (IUL)459-HR/1/2021/126 އިޢުލާންއިން މި މަޤާމަށް އެކަށީގެންވާ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާފައިނުވާތީ މި މަޤާމަށް އަލުން ކުރުމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

       J-323806

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޔުނިޓް

ސައުތު ޔުނިޓް

މުސާރަ:

7035 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ·         ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 28% އަދި ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ. ( ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަވާނީ ކައުންސެލިންގ/ ސައިކޮލޮޖީ/ ސޯޝަލް ވޯރކް/ ސޯޝިއޮލޮޖީ ދާއިރާއިން ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ)
  •  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35%

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެފް.ސީ.އެސް.ސީ ތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ލަސްވެފައިވާ މައްސަލަތައް ބަލައި މޮނިޓަރކޮށް، އެ މައްސަލަތަކުގައި ޢަމަލުކުރަންވީގޮތުގެ ލަފަޔާއި އިރުޝާދު އެފްސީއެސްސީތަކަށް ދިނުމާއި މައްސަލަ ކުރިއަށް ގެންދިއުމުގައި އެފަރާތްތަކަށް އެހީތެރިވެދިނުން.
  • އެފް.ސީ.އެސް.ސީ ތަކަށް ފަންނީ މުވައްޒަފުން މަދު ސެންޓަރުތަކާއި ކޭސް ލޯޑް ނިސްބަތުން ގިނަވަމުންދާ ސެންޓަރުތަކާއި ޕެންޑިންގ ކޭސްލޯޑް ގިނަ ސެންޓަރުތަކުގެ ކޭސްތަކުގެ މަސައްކަތްތައް ކުރުމާއި، އެފަދަ ކޭސްތައް ނިންމުން.
  • އެފްސީއެސްސީތަކުން ހުށަހެޅޭ މައްސަލަތަކުގައި ސެންޓަރުތަކުން އަމަލުކޮށްފައިވާ ގޮތާއި މަސައްކަތްތައް ކޮށްފައި ހުންނަނީ މިނިސްޓްރީގެ ފަރާތުން އެކުލަވާލައިފައިވާ ޕްރޮސީޖަރ މެނުއަލްގައިވާ ގޮތުގެ މަތިންތޯ ބެލުމަށާއި، މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އިރުޝާދު ދިނުމުގެ ގޮތުން ގަވައިދުން އެފްސީއެސްސީ ތަކަށް ޒިޔާރަތްކޮށް ކޭސް ސުޕަވިޝަން ކުރިއަށްގެންދިއުން.
  • އެފްސީއެސްސީތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ބާއްވާ ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ އެ ކޮންފަރެންސްތަކުގައި މަޝްވަރާކުރެވޭ މައްސަލަތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ނިންމާ ނިންމުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެފްސީއެސްސީ މެދުވެރިކޮށް އެޅުން.
  • އެފްސީއެސްސީތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު ކޮންމެ ހަފްތާއަކު އެއް ފަހަރު ހޯދައި މަސްދުވަހުގެ މައުލޫމާތު ކޮމްޕައިލްކުރުމާއި ޕީޕީއެމްއާރްޑީ އާއި މަސް ނިމުމުން ހިއްސާކުރުން.
  • އެފްސީއެސްސީ ތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެންނާއި މައްސަލަތަކުގައި މަސައްކަތްކުރާއިރު ދިމާވާ ދަތިތަކާއި ހުށަހެޅޭ މައްސަލަތަކުގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްގެ ފަރާތުން އަންގަންޖެހޭ މުހިއްމު ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ކޮންމެ ހަފްތާއަކު އެއްފަހަރު އެފް.ސީ.އެސް.ސީތަކާއިއެކު ކޯލް ކޮންފަރެންސްއެއް ބޭއްވުން.
  • ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ސެންޓްރަލް ލެވަލްގައި ކުރަންޖެހޭ މަޝްވަރާތައް ވިލަރެސް ކުރުމާއި އެ މަޝްވަރާތަކާއި ގުޅިގެން ނިންމޭ ނިންމުންތައް އެފްސީއެސްސީ މެދުވެރިކޮށް ތަންފީޒްކުރުން.
  • އޯލްޓަނޭޓިވް ކެއަރގައި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކުދިންގެ މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އިރުޝާދު ދިނުމުގެ ގޮތުން ގަވައިދުން އޯލްޓަނޭޓީވް ކެއަރގެ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ކޭސް ސުޕަވިޝަން ކުރިއަށްގެންދިއުން.
  • އޯލްޓަނޭޓިވް ކެއަރ މަރުކަޒުތަކުން ދިމާވާ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ބާއްވާ ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ އެ ކޮންފަރެންސްތަކުގައި މަޝްވަރާކުރެވޭ މައްސަލަތަކާ ގުޅޭ މައުލޫމާތު މަރުކަޒުތަކާ ހިއްސާކޮށް ނިންމާ ނިންމުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެމަރުކަޒު މެދުވެރިކޮށް އެޅުން.
  • އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި އެ ގްރޫޕްތަކާއި ގުޅިގެން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން.
  • މުވައްޒަފުންގެ ޕަރފާމަންސް އެޕްރައިޒަލް ފުރުމާއި، މުވައްޒަފުންނަށް މަސައްކަތުގައި ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން
  • އެކި ބާވަތުގެ ހާނިއްކަ ލިބިފައިވާ ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ޚިދުމަތްދިނުމަށްޓަކައި ޑިޕާޓްމަންޓްއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ އެހެން ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމުގައި އެފްސީއެސްސީތަކަށް ބޭނުންވާ ލަފާދިނުމާއި، އެ މަސައްކަތުގެ ރިޕޯޓު ގަވާއިދުން ޑިޕާޓްމަންޓްއަށް ލިބޭނެ ނިޒާމެއް އެކަށައަޅައި، ރިޕޯޓުތައް ހޯދުން .

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ސެޕްޓެންބަރު 2021 ގެ 13:00 ގެ ކުރިން،

 ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު/ޕްރެޒެންޓޭޝަން / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު/ޕްރެޒެންޓޭޝަން / އިމްތިޙާން   އޮންނާނީ، 09 ސެޕްޓެންބަރު 2021 އާއި 31 ސެޕްޓެންބަރު 2021 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މ.ސީޓްރެކް ބިލްޑިން، 7 ވަނަ ފަންގިފިލާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027623 ނުވަތަ 3027551 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

01 ސެޕްޓެންބަރު 2021
ހޯދާ