މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ފަރާތުން 2022ވަނަ އަހަރު ސްޕޮންސަރކުރުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ.

1.ޑިގްރީ އިން މެރިޓައިމް އެންޑް ލޮޖިސްޓިކްސް

ޤައުމު

ސައުތް އޭޝިއާ / ސައުތު އީސްޓް އޭޝިއާ ޤައުމެއް

ކޯހުގެ އަދަދު

1

ލެވެލް

ބެޗްލާރސް ޑިގްރީ

 

 

 

ކޯހުގެ ޝަތުރު

  • ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. މި މާއްދާތަކުގެ ތެރޭގައި ހިސާބު އަދި އިގިރޭސި ހިމެނެންވާނެ
  • އަދި ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
  • އުމުރުން 25 އަހަރު ފުރިފައި ނުވުން

 

 

2.ޑިގްރީ އިން މެރިޓައިމް އޮޕަރޭޝަންސް

ޤައުމު

ސައުތް އޭޝިއާ / ސައުތު އީސްޓް އޭޝިއާ ޤައުމެއް

ކޯހުގެ އަދަދު

1

ލެވެލް

ބެޗްލާރސް ޑިގްރީ

 

 

 

ކޯހުގެ ޝަތުރު

  • ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. މި މާއްދާތަކުގެ  ތެރޭގައި ހިސާބު އަދި އިގިރޭސި ހިމެނެންވާނެ
  • އަދި ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
  • އުމުރުން 25 އަހަރު ފުރިފައި ނުވުން

 

 

3.ޑިގްރީ އިން ނޭވަލް އާރކިޓެކްޗަރ

ޤައުމު

ސައުތް އޭޝިއާ / ސައުތު އީސްޓް އޭޝިއާ ޤައުމެއް

ކޯހުގެ އަދަދު

1

ލެވެލް

ބެޗްލާރސް ޑިގްރީ

 

 

 

ކޯހުގެ ޝަތުރު

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. މި މާއްދާތަކުގެ ތެރޭގައި ހިސާބު، އިގިރޭސި އަދި ޕިޒިކްސް / ކެމިސްޓްރީ ހިމެނެންވާނެ
  • އަދި ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. މި މާއްދާތަކުގެ ތެރޭގައި ހިސާބު އަދި ޕިޒިކްސް / ކެމިސްޓްރީ ހިމެނެންވާނެ
  • އުމުރުން 25 އަހަރު ފުރިފައި ނުވުން

 

 

4. ޑިގްރީ އިން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް

ޤައުމު

ސައުތް އޭޝިއާ / ސައުތު އީސްޓް އޭޝިއާ ޤައުމެއް

ކޯހުގެ  އަދަދު

1

ލެވެލް

ބެޗްލާރސް ޑިގްރީ

ކޯހުގެ ޝަތުރު

 

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. މި މާއްދާތަކުގެ ތެރޭގައި ހިސާބު، އިގިރޭސި އަދި ޕިޒިކްސް / ކެމިސްޓްރީ ހިމެނެންވާނެ
  • އަދި ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. މި މާއްދާ ތެރޭގައި ހިސާބު އަދި ޕިޒިކްސް / ކެމިސްޓްރީ ހިމެނެންވާނެ
  • އުމުރުން 25 އަހަރު ފުރިފައި ނުވުން

 

 

5. އޭ.ސީ.ސީ.އޭ

ޤައުމު

ދިވެހިރާއްޖެ

ލެވެލް

މާސްޓަރސް

ކޯހުގެ އަދަދު

2

ކޯހުގެ ޝަރުތު

 

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. މި މާއްދާތަކުގެ ތެރޭގައި ހިސާބު އަދި އިގިރޭސި ހިމެނެންވާނެ
  • އަދި ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
  • އުމުރުން 25 އަހަރު ފުރިފައި ނުވުން

 

 

 

 

 

އިތުރު މަޢުލޫމާތު

 

 

 

  • މިކުންފުނިން މިކޯސްތަކަށް ކެނޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓާއި އިންޓަވިޔު ސްކޯރ އަށް ބަލައި އެންމެ މަތީން ޕޮއިންޓް ލިބޭ ފަރާތްތަކެވެ.

- މިގޮތުން އެކަޑަމިކް މެރިޓަށް    %70 މާރކްސް

- އެފަރާތަކާއި ކުރެވޭ އިންޓަވިޔުއަށް %30 މާރކްސް

  • މި ކޯސްތަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށް އިންޓަވިޔުކުރުމަށް ހަމަޖެހިފައިވަނީ މިކޯސްތަކަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން އެކަޑަމިކް މެރިޓްއަށް ބަލާ އެންމެ މަތީ މާރކްސް ލިބޭ 10 ފަރާތާއެވެ.
  • މިކޯސްތަކަށް ހޮވޭ ކެނޑިޑޭޓުން ކޯހުގެ ކިޔެވުމުގެ މުއްދަތު ފުރިހަމަކުރުމަށްފަހު މިކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން އަދި މިކުންފުނިން ކަނޑައަޅާ ތަނަކަށް 07 އަހަރު ދުވަހު ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މިކޯސްތަކަށް ހޮވޭ ކެނޑިޑޭޓުން ކިޔެވުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ އިންޓޭކްތަކުގައެވެ.
  • މިކޯސްތަކަށް ހޮވޭ ކެނޑިޑޭޓުން ކޯހުގެ ފުރަތަމަ އިންޓޭކް ބައިވެރިވެ ކިޔަވަންފެށުމާއި ހަމައަށް "އެޕެރެންޓިސް" އެއްގެ ގޮތުގައި މިކުންފުނިން އަންގާ ޑިޕާޓްމަންޓްއެއްގައި މަސައްކަތްކުރަންވާނެއެވެ. އަދި "އެޕެރެންޓިސް" އެއްގެ ގޮތުގައި މަސައްކަތްކުރާ މުއްދަތުގައި ކުންފުނިން ހަމަޖައްސާ ގޮތެއްގެ މަތިން އެލަވަންސް ދެވޭނެއެވެ.
  • ރާއްޖޭން ބޭރުގެ ކޯސްތަކަށް ހޮވޭ ކެނޑިޑޭޓުން ކޯހުގައި ހުންނަ މުއްދަތުގައި "ޓިއުޝަން ފީ"، "ކޮންމެ އަހަރަކު ދެކޮޅު ޓިކެޓް"، "ސްޓައިޕަންޑް"، "އެސްޓެބްލިޝްމަންޓް އެލަވަންސް" ، "ބުކް އެލަވަންސް" އަދި "ޑިޕާރޗަރ އެލަވަންސް" އެ ކޯހެއް ހިންގާ ޤައުމަކަށް ކަނޑައެޅިފައިވާ ރޭޓުން ކޯހަށް ހޮވޭ ފަރާތްތަކަށް ލިބޭނެއެވެ.
  • މި ކޯހަށް ހޮވުމަށްފަހު އެފުރުޞަތު އެއްދޫކޮށްލާ އެއްވެސް ފަރާތަކަށް މިކުންފުނިން ކުރިއަށް ގެންދާ މިފަދަ އެއްވެސް ފުރުޞަތެއް 02 އަހަރު ދުވަހުގެ މުއްދަތައް ނުލިބޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ.

ނޯޓް:

މިކޯސްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންއެއް 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ (ސެންޓްރަލް އެޑްމިނިސްޓްރޭޝަން) އޮޑިޓޯރިއަމް ހޯލްގައި އޮންނާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

 

 

އޮންލައިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހުށައަޅާ ތައުލީމީ ސެޓްފިކެޓްތައް ހުންނަންވާނީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައެވެ)
  • ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ކެނޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

ސުންގަޑި

 12  ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://study.port.mv ޕޯޓަލް މެދުވެރިކޮށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް؛

    ޕޯޓް ޓްރޭނިންސް ސެންޓްރ ގެ 3039638، 3039636 ނުވަތަ [email protected]  

30 އޮގަސްޓް 2021

30 އޮގަސްޓް 2021
ހޯދާ