ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގެ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިޓީ ކޮމިއުނިޓީ އޮންލައިން ސޮޕް ތަޢާރަފް ކުރުމަށް ބޭއްވޭ ފޯރަމްގެ ދަޢުވަތު

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ކުދި އަދި މެދުފަންތީގެ ވިޔަފާރި، ކޯޕަރޭޓިވް ސޮސައިޓީ އަދި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކުރެވިގެން ޤާއިމް ކުރެވިފައިވާ އީ-ޓުކުރި ޕްލެޓް ފޯރމްގައި ހުރި ފުރުޞަތުތައް އަންގައިދުނުމަށް ބައްދަލުވުމެއް 22 އޯގަސްޓް 2021 ވަނަ ދުވަހުގެ ރޭ، 21:00 ގައި އަފީފުއްދީން ސުކޫލް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި އީ-ޓުކުރި ޕްލެޓްފޯރމްގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސިޓީ ކޮމިއުނިޓީ އޮންލައިން ޝޮޕް ތަޢާރަފްކޮށް މިކަމާ ގުޅޭ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ.

އެހެންކަމުން ކުޅުދުއްފުށީގައި ތަކެތި އުފައްދާ ވިއްކާ ހުރިހާ ފަރާތްތަކާއި ވިޔަފާރިތަކަށް މި ބައްދަލުވުމަށް ދަޢުވަތު އަރުވެމެވެ.

22 އޮގަސްޓް 2021
ހޯދާ