ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ނޫސް ބަޔާން

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ (އެޗް.ޑީ.އެފް.ސީ) ގެ ނުވަވަނަ އަހަރީ އާންމު ޖަލްސާ 11 މެއި 2013 ވަނަ ދުވަހު 2:30 ގައި މާބުލް ހޮޓަލުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މިފަހަރުގެ އާންމު ޖަލްސާގައި ވޭތުވެދިޔަ 2012 ވަނަ އަހަރުގެ މާލީހިސާބުތައް ފާސްކުރުމުގެ އިތުރުން 2013 ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ ވެސް ވަނީ ޢައްޔަން ކޮށްފައެވެ.

މިފަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެގޮތުގައި މޫނުމަތީ އަގު 100ރ. ހިއްސާއަކަށް 10ރ. ބެހުމަށްވަނީ ކަނޑައެޅިފައެވެ. އެއީ ވޭތުވެދިޔަ 2012 ވަނަ އަހަރުގެ ވިޔަފާރީގެ ސާފު ފައިދާގެ 33 އިންސައްތައެވެ.

12 މެއި 2013 އިން ފެށިގެން އެޗް.ޑީ.އެފް.ސީގެ މައިއޮފީހުން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

12 މޭ 2013
ހޯދާ