ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

     ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޝެޑުތަކާއި އެހެނިހެން ސައިޓުތަކަށް ބޭނުންވާ ސީސީޓީވީ ކެމެރާއާއި، އެއާއި ގުޅުންހުރި އެހެނިހެން ތަކެތި ފޯރުކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނުގައި މަޢުލޫމާތުގެ ކުށެއް ހިމެނިފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން:  21 އޯގަސްޓް 2021 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ. މިދެންނެވި ކުރީގެ އިޢުލާނު (ނަންބަރު: FSM-ADV/2021/035) އާއި ގުޅިގެން ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތައް، އަލުން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ.

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ 1 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

18 އޮގަސްޓް 2021
ހޯދާ