ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރުމުގެ މުބާރާތް

           ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއްގެ ގޮތުގައި މުޅި ރާއްޖެއަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/ 10,000ރ (ދިހަހާސް ރުފިޔާ) ލިބޭނެއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގެ ހުރިހާ އިޚްތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާއަށެވެ.

ލޯގޯހުށަހެޅުން:

          1- ފަރުމާކޮށްފައިވާ ލޯގޯ 19 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:00 ކުރިން ހުށަހަޅަންވާނެއެވެ.

          2- އީ-މެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނީ [email protected]  އަށެވެ.

          3- އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 3 ލޯގޯއެވެ.

          4- ޝޯޓް ލިސްޓް ކުރެވޭ ލޯގޯތައް ޕްރެޒެންޓް ކޮށްދޭންވާނެއެވެ.

ލޯގޯފަރުމާކުރުމާއި ޝިއާރުކަނޑައެޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

          1- ލޯގޯއިން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ރަމްޒުކޮށްދިނުން، އަދި ރަށުގެ ތާރީޚާއި، ދީނާއި ސަގާފަތް ދައްކައިދިނުން

          2- ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވުން.

          3- ލޯގޯއާއެކުގައި ބޭނުންކުރާނެ ޝިއާރު / މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމެނުން.

          4- ތްރީޑީ (3D) ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން. (އެނިމޭޓްކޮށްފައިވާ ލޯގޯ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

          5- އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

ލޯގޯއާއެކުހުށައަޅަންޖެހޭމައުލޫމާތު:

          1- ލޯގޯ ހުށަހަޅާއިރު ކަވަރ ލެޓަރއެއް ހުށަހެޅުން، އަދި ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން.

             1.1- ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްނަންބަރު، އެޑްރެސް އަދި ފޯނު ނަންބަރު ހިމެނުން.

             1.2- ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިފަދަ ފަރާތަކުން ހުށަހަޅާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުން

             1.3. ހުށަހަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުން.

          2- ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ހުށަހެޅުން.

          3- ލޯގޯގެ ސޮފްޓް ކޮޕީ 150ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، ޑީ.ޕީ.އައި ރިޒޮލިއުޝަންގައި ހުށަހެޅުން.

          4- ލޯގޯ ޕީ.އެން.ޖީ ފައިލާއެކު އެސް.ވީ.ޖީ، އީ.ޕީ.އެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއަރއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓަރ ފައިލް ހުށަހެޅުން.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

17 އޮގަސްޓް 2021
ހޯދާ