ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭން އާއި ލޭންޑް ޔޫސް ޕުލޭން ރައްޔިތުންނަށް ހިއްސާ ކުރުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން އަދި ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމުގެ ކުރިން ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް 20 އޯގަސްޓް 2021 ވާ ހުކުރު ދުވަހުގެ 20:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައި އޮންނާނެއެވެ. އެހެންނަމަވެސް ކުޅުދުއްފުށި ސިޓީއިން ކޮވިޑް-19 ކޭސްއެއް ފެނި، ހާލަތުއިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމުން، މިފަދަ ހާލާތެއް ދިމާވެެއްޖެނަމަ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފްޞީލް ހިއްސާ ކުރާނެ ވާހަކަ ދެންނެވީމެވެ.

އެހެންކަމުން މިބައްދަލުވުމަށް ކުޅުދުއްފުށީ ސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

17 އޮގަސްޓް 2021
ހޯދާ