މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް ރޫލިންގ

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: ހިސާބުކުރާ މުއްދަތު ބަދަލުކުރުމުގެ ނަތީޖާ (އިޞްލާޙުކުރެވިފައި)

މިއީ ޤާނޫނު ނަންބަރު2011/14  މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/3  (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 47-އާރ/2011  އާއި ޓެކްސް ރޫލިންގ ނަންބަރު    TR-2013/B27,TR-2012/B11,TR-2012/B6  އަދި TR-2013/B31   މެދުވެރިކޮށް  އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 35-އާރ/2011  (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ.

ތަޢާރުފު

         1.   މިއީ 6 މެއި 2013 ގައި ނެރެވުނު ޓެކްސް ރޫލިންގ ނަންބަރު TR-2013/B33 (ހިސާބުކުރާ މުއްދަތު ބަދަލުކުރުމުގެ ނަތީޖާ) އުވައިލުމަށްފަހު އޭގެ ބަދަލުގައި ނެރެވޭ ރޫލިންގ އެކެވެ. މި ރޫލިންގގައި ބަޔާންކޮށްފައިވާނީ ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ބަދަލުކުރުމުގެ ސަބަބުން އަންނަ އިންތިޤާލީ ހިސާބުކުރާ މުއްދަތާ ގުޅިގެން އަންނަނިވި ކަންކަން ކުރާނެ ގޮތެވެ.

               (ހ) ޓެކްސް-ފްރީ ތްރެޝޯލްޑާއި އިންޓެރިމް ޕޭމަންޓްތައް ހިސާބުކުރާނެ ގޮތް؛ އަދި

               (ށ) ޓެކްސް ބަޔާން ހުށަހަޅަންޖެހޭ އަދި ޓެކްސް ދައްކަންޖެހޭ ސުންގަޑި.

         2.   ގަވާއިދުގެ 7 ވަނަ މާއްދާގައި ވަނީ:

               "ވިޔަފާރި ހުއްޓާލުމާ ގުޅިގެންމެނުވީ، އެމް.އައި.އާރ.އޭ އިން ލިޔުމަކުން ހުއްދަ ހޯދުމަކާއިނުލައި އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު ބަދަލެއް ނުކުރެވޭނެއެވެ."

ރޫލިންގ

         3.   ގަވާއިދުގެ 7 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ހިސާބުކުރާ މުއްދަތު ބަދަލުކުރުމަށް އެއްވެސް ފަރާތަކަށް ("ޓެކްސް ދައްކާ ފަރާތް") ހުއްދަ ދީފިނަމަ، އަދި އެ ބަދަލާ ގުޅިގެން 12 މަސްދުވަހަށްވުރެ ކުރު ހިސާބުކުރާ މުއްދަތެއް ("އިންތިޤާލީ ހިސާބުކުރާ މުއްދަތު") އަންނަނަމަ، މި ރޫލިންގގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އިންތިޤާލީ ހިސާބުކުރާ މުއްދަތަށް، ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާނަކާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓެއް ހުށަހަޅައި، އިންޓެރިމް ޕޭމަންޓް ދައްކަންވާނެއެވެ.

         4.   އިންތިޤާލީ ހިސާބުކުރާ މުއްދަތަށް ލިބޭ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްސް-ފްރީ ތްރެޝޯލްޑް، އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެން ޕްރޯ-ރޭޓާކޮށް ބަހަންވާނެއެވެ.

              A  އަކީ ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ސަބްސިޑިއަރީތަކުގެ އަދަދެވެ.

        5.

              (ހ) އިންތިޤާލީ ހިސާބުކުރާ މުއްދަތު ފެށެނީ ޓެކްސް އަހަރެއްގެ 31 ޖުލައި ނުވަތަ އޭގެ ކުރީގެ ތާރީޚެއްގައިނަމަ، އިންތިޤާލީ ހިސާބުކުރާ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި އިންޓެރިމް ޕޭމަންޓް ދައްކާނީ އިންތިޤާލީ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އަންނަ 31 ޖުލައިގެ ނިޔަލަށް (އިންތިޤާލީ ހިސާބުކުރާ މުއްދަތުގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް) އަދި އިންތިޤާލީ ހިސާބުކުރާ މުއްދަތު ނިމުމަށްފަހު ދެން އެންމެ ފުރަތަމަ އަންނަ 31 ޖެނުއަރީގެ ނިޔަލަށް (އިންތިޤާލީ ހިސާބުކުރާ މުއްދަތުގެ ދެވަނަ އިންޓެރިމް ޕޭމަންޓް) އެވެ. އަދި މިއިން ކޮންމެ އިންޓެރިމް ޕޭމަންޓެއް ހިސާބުކުރަންވާނީ އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެންނެވެ.

              (ށ) އިންތިޤާލީ ހިސާބުކުރާ މުއްދަތު ފެށެނީ ޓެކްސް އަހަރެއްގެ 31 ޖުލައިގެ ފަހުން އަންނަ ތާރީޚެއްގައިނަމަ، އިންތިޤާލީ ހިސާބުކުރާ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި އިންޓެރިމް ޕޭމަންޓް ދައްކާނީ އިންތިޤާލީ ހިސާބުކުރާ މުއްދަތު ނިމުމަށްފަހު ދެން އެންމެ ފުރަތަމަ އަންނަ 31 ޖެނުއަރީގެ ނިޔަލަށެވެ. އަދި މި އިންޓެރިމް ޕޭމަންޓެއް ހިސާބުކުރަންވާނީ އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެންނެވެ.

              (ނ) އިންތިޤާލީ ހިސާބުކުރާ މުއްދަތަށާއި އިންތިޤާލީ ހިސާބުކުރާ މުއްދަތުގެ ކުރީގެ ހިސާބުކުރާ މުއްދަތަކަށް އިންޓެރިމް ޕޭމަންޓެއް ދައްކަންޖެހޭ ދުވަހަކީ އެއް ދުވަހަކަށްވީ ނަމަވެސް ނުވަތަ އެ ދެ ހިސާބުކުރާ މުއްދަތު ނިމެނީ އެއް ޓެކްސް އަހަރެއްގައި ނަމަވެސް މި ޕެރެގްރާފްގެ (ހ) އަދި (ށ) އަށް ޢަމަލުކުރަންވާނެއެވެ.

          6.   އިންތިޤާލީ ހިސާބުކުރާ މުއްދަތަށްފަހު ދެން އެންމެ ފުރަތަމަ އަންނަ ހިސާބުކުރާ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން  ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް ހިސާބުކުރާނީ އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެންނެވެ.

          7.   ޓެކްސް ދައްކާ ފަރާތުން އިންތިޤާލީ ހިސާބުކުރާ މުއްދަތަށް ޓެކްސް ބަޔާން ހުށަހަޅަންވާނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ނިޔަލަށެވެ. އަދި ފައިނަލް ޕޭމަންޓް ދައްކަންވާނީ އެ ޤާނޫނުގެ 24 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

          8.    މި ރޫލިންގގެ 7 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޓެކްސް ބަޔާން ހުށަހަޅަންވާނީ 31 ޖެނުއަރީ 2013 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2013/B28 (މާލީ ހިސާބުތައް ހުށަހެޅުމާއި އޮޑިޓަރުން ޢައްޔަންކުރުން (އިޞްލާޙުކުރެވިފައި)) އާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކޮށްފައިވާ މާލީ ހިސާބުތަކާއެކުގައެވެ.

          9.    މި ރޫލިންގއަށް ޢަމަލުކުރަންވާނީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޢަމަލުކުރަން ފެށުން

         10.   މި ރޫލިންގ އަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.

         11.   މި ރޫލިންގއަށް ޢަމަލުކުރަން ފެށުމުން 6 މެއި 2013 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު       TR-2013/B33 އުވުނީއެވެ.

11 މޭ 2013
ހޯދާ