މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް ރަޖިސްޓަރީ ކުރުމަށް ހުއްދަ ދޫކުރުމަށް ޗެކްކުރުމާ ގުޅޭ

މާލެ ސިޓީ ކައުންސިލް އިދާރައިގެ ނަންބަރު  (IUL)425-CB/1/2021/138 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.          

         މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރު: (IUL)202-A/1/2021/65 ،( 12 ޖުލައި 2021 ) އިޢުލާނުން ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް 01 އޯގަސްޓް 2021 އިން ފެށިގެން މާލޭ ސިޓި ކައުންސިލްއިން ކުރާގޮތަށް ވަނީ ބަދަލު ކުރެވިފައެވެ. މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތެއް ކަމުން ވެހިކަލް ރަޖިސްޓްރީ ކުރުމަށް ހުއްދަ ދޫކުރުމާ ގުޅޭ ގޮތުން އުސޫލެއް ވަނީ ފާސްކުރެވިފައެވެ. އަދި ގަރާޖް އަދި ޕާކިންގ ސްލޮޓް ކުއްޔަށް ދޫކުރާނީ އުސޫލާ އެއްގޮތް މަތިން ކަމުގައި ދެންނެވީމެވެ. ފާސް ކުރެވިފައިވާ އުސޫލާއި ފޯމް ވަނީ މި އިއުލާނާ އެއްކަރުދާސް ކުރެވިފައި ކަމުގައި ދަންނަވަމެވެ.

         މިޚިދުމަތައް އެދިވަޑައިގަންނަވާ ފަރާތްތަކުން އެކަމާއި ގުޅޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަން ) އިއްޒުއްދީންމަގު، ރާވެރިބޭ ފުޑްކޯޓްތައް ކުރިމަތި ) ގެ ރިސެޕްޝަން، އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން ( އެޗް.ޑީ.ސީ ބިލްޑިންގ 1 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ލިބިވަޑައި ގަންނަވާނީ މަތީގައި ބަޔާން ކުރެވުނު ސެކްޝަނުންނާއި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް ((https://malecity.gov.mv އިންނެވެ.

16 އޮގަސްޓް 2021
ހޯދާ