އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކްލިނިކަލް އެއިޑް(ކޮންޓްރެކްޓް)

މަޤާމް :ކްލިނިކަލް އެއިޑް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

އިއުލާން

 

         މި ހޮސްޕިޓަލުގެ ރިޕްރޮޓަކްޓިވް ހެލްތު ސެންޓަރުގައި ކްލިނިކަލް އެއިޑުގެ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 1 (އެކެއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 6 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ދަންފަޅި އުސޫލުން)

މުސާރަ މަހަކު -/4465 ރުފިޔާ

 

ސަރވިސް އެލަވަންސް މަހަކު -/1500 ރުފިޔާ

 

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

  އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުއްދަތު:    3 މަސް ދުވަސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެެ ތަރުތީބުން  ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވުމާއި ޑޮކްޓަރ ކޮޓަރިއަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.

2-      ޑޮކްޓަރާއި ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން.

3-      ބަލިމީހާގެބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑްޝީޓްގައި ޑޮކްޓަރުގެ ލަފާގެމަތިން ލިޔަމުންގެންދިއުން.

4-      ބަލިމީހާއަށް ޑޮކްޓަރު ދެއްވާ އިރުޝާދާއި ބޭސް ބޭނުން ކުރާނޭގޮތް ތަފްޞީލުކޮށް ކިޔައިދިނުން.

5-      ޑޮކްޓަރު ބައްލަވަން ފެއްޓެވުމަށްފަހު ދިމާވާ ސަބަބަކާހުރެ ބެލުން މެދުކަނޑާލަން ޖެހިއްޖެނަމަ ޑޮކްޓަރު ދެން ބައްލަވަން ފައްޓަވަން ހަމަޖެހިފައިވާ ގަޑިއެއް އަންގާ މިކަންތައް ބަލިމީހުންނަށް އޮޅުންނާރާނޭ ގޮތަކަށް ސާފުކޮށް ދިނުން.

6-      ޑޮކްޓަރުންގެ ކިބައިން މަސައްކަތާއި އަދި ތަފާތު ބައްޔާއިބެހޭ މައުލޫމާތު އުނގެނި ދަސްކުރުން.

7-      ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ޚިދުމަތަށް ދައްކާ ފައިސާ ބަލައިގަނެ މެމޯ ހަދައި ދިނުން.

8-      ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް އެހީވެދީ މަގުދައްކައި ދިނުން.

9-      ކްލިނިކަލް ޑިޕާޓްމަންޓުތަކުގެޑިއުޓީ ރޯޓާތައް އެންޓަރކުރުމާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 22 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 jobs @igmh.gov.mv   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  5. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  7. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ

ނަން، ކުރިމަތިލައްވާ ޑިޕާޓްމަންޓްގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް

ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

       7 މުހައްރަމް 1443

      15 އޯގަސްޓް 2021

 

 

 

 

15 އޮގަސްޓް 2021
ހޯދާ