ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް- މާރިޗު 2014 އަށް ޕްލޭސްމަންޓް ލެޓަރ ހުށަހެޅުމާބެހޭ

ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމު- މާރިޗު 2014 އަށް ފޯމުހުށަހެޅުމުގައި، ދަރިވަރު ކިޔެވުމަށް އެދި ހުށަހަޅާ ކޯސް، ދިވެހިރާއްޖޭގައި މަތީ ތަޢުލީމަށް ކިޔަވައިދޭ މަރުކަޒު ތަކުގެ ތެރެއިން ކޮލެޖްތަކާއި ޔުނިވަރސިޓީ، ޕޮލިޓެކްނިކް އަދި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގައި 2014 ވަަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ހިންގަން ނުފަށާނަމަ، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއްކަމުގައިވާ، ކިޔަވަންއެދޭ ކޯހުގެ ޕްލޭސްމަންޓް ލެޓަރ، ދިވެހިރާއްޖޭގައި މަތީތަޢުލީމު ޙާޞިލުކުރުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާނު ކުރަމެވެ.

އަދި ދަންނަވަމެވެ. މަތީގަައި ދެންނެވުނު ސަބަބަށްޓަކައި ޕްލޭސްމަންޓް ލެޓަރ ހުށަހަޅަން ނުޖެހޭ ދަރިވަރުންނަށް ލޯނު ފުރުޞަތު ލިބިއްޖެނަމަ، 2015 ޖަނަވަރީ ގައި ކިޔެވުން ފަށާ އިންޓޭކަކަށް ޖާގަ ހޯދުމަށްފަހު ޕްލޭސްމަންޓް ލެޓަރ ހުށަހަޅަން ޖެހޭގޮތަށް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.

2015 ޖަނަވަރީ ގައި ފެށޭ އިންޓޭކަށް ޕްލޭސްމަންޓު ލެޓަރ ނުލިބިއްޖެނަމަ ލިބިފައިވާ ލޯނު އެހީގެ ފުރުޞަތު ގެއްލޭނެ ކަމުގައިވެސް ދަންނަވަމެވެ. މިގޮތަށް ހަމަޖައްސަންޖެހުނީ ޕްލޭސްމަންޓް ލެޓަރ އާއެކު ފޯމު ހުށަހަޅާ އެހެން ދަރިވަރުންނަށްވެސް ހުށަހެޅި ޕްލޭސްމަންޓް ލެޓަރގައިވާ އިންޓޭކުގައި ނުފަށައިފިނަމަ ލޯނު އެހީގެ ފުރުޞަތު ގެއްލިގެން ދާގޮތަށް ލޯނު ސްކީމުގެ އުޞޫލުގައި ކަނޑައެޅިފައިވާތީއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376، 3341381 އަށް ގުޅުއްވުން އެދެމެވެ.

 
09 ޖޫން 2014
ހޯދާ