ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އަތޮޅުގެ ރަށްރަށަށް ރައްކައުތެރި ގޮތުގައި ބޯފެން ފޯރުކޮށްދިނުން

 ހޫނު މޫސުމުގައި ހއ.އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށްޖެހޭ ރަށްރަށަށް  1 އަހަރު ދުވަހުގެ މުއްދަތަށް ފެން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު  ހުޅުވާލަމެވެ.

 

  1. މި ބީލަން ހުޅުވާލެވިފައިވަނީ ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ އަދި އަމިއްލަ ފަރުދުންނަށެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2021 އޯގަސްޓް 15 ވަނަ ދުވަހުން ފެށިގެން އޯގަސްޓް 17 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް މި ކައުންސިލަށް މެއިލްކޮށްގެންނެވެ.
  3. ޕްރީބިޑް މީޓިންގ އޮންނާނީ 2021 އޯގަސްޓް 18 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.  
  4. ބީލަން ހުޅުވުން އޮންނާނީ  2021 އޯގަސްޓް 25 ވާބުދަ ދުވަހު 11:00 ގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަންތައް ހުށަހަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

   5. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ގަޑި ޖެހިގެން ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.  

   6. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5000.00 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.

   7. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2021 އޯގަސްޓް 15 ވަނަ  ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

   8. މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2021 އޯގަސްޓް 23 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. 

  • އީމެއިލް އެޑްރެސް: [email protected]  
  • ފޯން ނަންބަރު:  6500123 6500095
12 އޮގަސްޓް 2021
ހޯދާ