މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކުން އަގުދީގެން މާލޭ ސިޓީގައި ޕާރކުކުރުމަށް ޚާއްސަކުރެވިފައިވާ ޕާރކިން ޒޯންއާއި ގުޅޭ.

އިޢުލާން

ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކުން އަގުދީގެން މާލޭ ސިޓީގައި ޕާރކުކުރުމަށް ޚާއްސަކުރެވިފައިވާ ޕާރކިން ޒޯންއާއި ގުޅޭ.

 

               މާލެ ސިޓީގައި ދުއްވުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރުތަކުގެ ތެރެއިން ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ އުޅަނދުފަހަރު އަގުނަގައިގެން ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާރކްކުރުމަށް ޖާގަ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ޖާގަ ދޫކުރެވޭނީ ކާރު، ވޭން އަދި 350 ކިލޯގެ ޕިކަޕްއަށެވެ. ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިންރުއް ޕާކު (ސުނާމީ ބިނާ) ސަރަހައްދުގައި ހަދާފައިވާ ޕާކިން ޒޯން އިން 20 ޖާގައެވެ.

               ޕާރކިންގ ޒޯންގެ ޖާގައަށް އެދިލައްވާ ފަރާތްތަކުން 07 އޯގަސްޓް 2021 ން ފެށިގެން 16 އޯގަސްޓް 2021 ގެ 14:00 ގެ ކުރިން މާލޭ ސިޓީކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު، އައިޑީކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވިލިމާލޭގައި ދިރިއުޅުއްވާ އެހެންނަމަވެސް ވިލިމާލޭގެ ރަށްވެއްސަކަށް ނުވާ ފަރާތެއްކަމުގައިވާނަމަ މިތަކެތީގެ އިތުރުން، ވިލިމާލޭގައި ދިރިއުޅުއްވަމުންގެންދަވާ ފަރާތެއްކަން އެނގޭނެ ފަދަ ސިޓީއެއް ގޭގެ ވެރިފަރާތުގެ ނަމުގައި ހުށަހަޅުންވާނެއެވެ. މިސިޓީ ހުށަހަޅުއްވަންވާނީ ސިޓީގައި ވިލިމާލޭ ސެކްޝަނުން ސައްޚަކަމަށް ކަނޑައަޅާފައިވާ ތައްގަނޑު ޖެއްސެވުމަށްފަހުއެވެ. ޖާގަހޯދުމަށް އެދި ސިޓީ ހުށަހަޅަންވާނީ ވެހިކަލްގެ ވެރިފަރާތުން ނުވަތަ ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ވެހިކަލް ބޭނުންކުރާ ފަރާތުންނެވެ. ޕާކިންގ ޒޯނުން ޖާގަ ލިބޭ ފަރާތްތައް ކަނޑައެޅޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމުގައި ދަންނަވަމެވެ. ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފްސީލް، މި އިޢުލާނާއިއެކު ގެޒެޓްކޮށްފައިވާ ޕާރކިންގ އުސޫލުން އެނގެން އޮންނާނެއެވެ.

 

               ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2021
ހޯދާ