ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ދަނޑުވެރިކަންކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ދަނޑުބިންތަކުން ކުލިނެގުމާގުޅޭ

ނަންބަރު: (IUL)262/262/2021/37

            

އިޢުލާން

 

ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ދަނޑުވެރިކަންކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ދަނޑުބިންތަކުން ކުލިނެގުމާގުޅޭ

 

                ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުތަކުން ކުލިނެގުމާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ނަންބަރު:1-POL(RA)/221/2021/55  (8 ޖޫން 2021) ގެ ސިޓީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-CCS/226/2021/9 (15 ޖުލައި 2021) ގެސިޓީއާއި ގުޅިގެން ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުތަކުން 6 އޯގަސްޓް 2021 ވަނަދުވަހުން ފެށިގެން ކުލިނެގުމަށް ހަމަޖެހިފައިވާ ވާހަކަ ދެއްނެވީމެވެ. އަދި 2021 މެއި މަހުގެ ނިޔަލަށް ކުލިނުދައްކަވާ ފަރާތްތަކުން ކުލިދައްކަވާ ނިންމެވުމަށާއި 6 އޯގަސްޓް 2021 ވަނަދުވަހުންފެށިގެން ކުރިއަށްއޮތް މަސްތަކަށް ކުލިދައްކަވަމުން ގެއްދެވުމަށް ދަންނަވަމެވެ.

ވީމާ، މިކަންއާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2021
ހޯދާ