ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

އިޖްތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ

 މި އިދާރާގެ ނަމްބަރ: IUL393/393/2021/26 ( 05/07/2021) އިޢުލާނާ ގުޅިގެން އެއްމެ ފަރާތަކުން ކުރިމަތި ލައްވާފައިވާތީ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

  ތ. ކިނބިދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އިޖްތިމާޢީ ސަރަހައްދު ތަކުގެތެރޭގައިހިމެނޭ ކުނިކަހައި ސާފުކުރަން ބޭނުންވާ ސަރަހައްދު ތަކަކަކީ :

      1- ކިނބިދޫގެ މޫނުމަތި ސަރަހައްދާއި، ބަނދަރު ސަރަހައްދު  ( ޗާޓުގައި ފާހަގަ ކުރެވިފައިވާ މިނަށް )

      2- ފުޓްބޯޅަ ދަނޑުގެ  ވަށައިގެން މަގު                         '' 

      3- އިޖްތިމާޢީ މަރުކަޒު ގޯތިތެރެ މަގާއެކު                         ''

      4- ޕްރީސްކޫލް ގޯތި  މަގާއެކު                               ''

      5- ރަތްވިލާގެ ގޯތި  މަގާއެކު                                ''  

      6- އޯކިޑްވިލާ ގޯތި  މަގާއެކު                                ''

      7- މަސްޖިދުލް ނޫރު ގޯތީގެ އެތެރެއާއި ބޭރު މަގާއެކު                 ''

      8- ޤަބުރަސްތާނުގެ ވަށައިގެންވާ މަގުތައް                         ''

      9- މަސްޖިދުލް ޒަހުރާ ގޯތި ވަށައިގެންވާ މަގުތަކާ ގޯތީގެ އެތެރެ           ''

      10- ކިނބިދޫ ސްކޫލްގެ އިރުން އޮންނަ ސަރަހައްދު                  ''

            އިޖްތިމާޢީ ސަރަހައްދު ކުނިކެހުމުގެ އަގަކީ މަހަކަށް -/15000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަގެކެވެ. މިމަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށް ދިނުން އޮންނާނީ 11 އޯގަސްޓް 2021 ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާގައެވެ. އެސްޓިމޭޓްގައި ބައިވެރިވެލެއްވޭނީ ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީ ކޮށް މި ރަޖިސްޓަރީ މުއްދަތު ހަމަނުވާ ފަރާތް ތަކަށެވެ. އެސްޓިމޭޓް ހުށަހަޅުއްވާއިރު މުއްދަތު ހަމަނުވާ ފަރުދުންގެ ވިޔަފާރި ރެޖިސްޓަރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އެސްޓިމޭޓް ހުށަހެޅުމާއި އެސްޓިމޭޓް ކެނޑުމަށް ހަމަޖެހިފައިވަނީ 15 އޯގަސްޓް  2021 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. ކުނިކަހައި ސާފުކުރަންޖެހޭ ތަންތަން ފާހަގަ ކުރެވިފައިވާ ރަށުގެ ޗާޓެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

 - މަސައްކަތުގެ އަގަށް    %90 (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު % 90)

- މަސައްކަތުގެ ތަޖްރިބާ  %5 (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތަކަށް ލިބިފައިވާ ތަޖްރިބާގެ ލިއުންތަކަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.)

- މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ޕްލޭނަށް %5

             އެސްޓިމޭޓް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.            

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

23 ޛުލްޙިއްޖާ 1442

02  އޯގަސްޓް 2021

02 އޮގަސްޓް 2021
ހޯދާ