ކުމުންދޫ ސްކޫލް
ދިވެހިރާއްޖެ
ކުމުންދޫ ސްކޫލްގެ ހަތަރު ކުލާސްރޫމާއި އޮފީސްބައިގެ ކަރަންޓް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

1. ކުމުންދޫ ސްކޫލްގެ ހަތަރު ކުލާސްރޫމާއި އޮފީސްބައިގެ ކަރަންޓް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

2. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮގަސްޓް 03 އިން 2021 އޮގަސްޓް 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް ކުމުންދޫ މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 އޮގަސްޓް 15 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކުމުންދޫ ސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

 

 

6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 އޮގަސްޓް 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކުމުންދޫ ސްކޫލްގައެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ކުމުންދޫ ސްކޫލް

ހދ. ކުމުންދޫ، ދިވެހިރާއްޖެ

ފޯން: 6520531

އީ-މެއިލް: [email protected]

 

                             23 ޛުލްޙިއްޖާ 1441

 

02 އޮގަސްޓް 2021
ހޯދާ