ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކަށް ހުށަހަޅާފައިވާ ފޯމުތަކާއި ބެހޭ

ގޯތިތަކަށް ހުށަހަޅާފައިވާ ފޯމުތަކާއި ބެހޭ

ދިރިއުޅުމަށް ބަދަލު އައިސްފައިވާ ފަރާތްތަކަށް

          ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 26 އޯގަސްޓް 2021 އެވެ. އެހެންކަމުން 26 އޯގަސްޓް 2021 އާ ހަމައަށް ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމް ހުށަހެޅުމަށްފަހު ގޯއްޗަށް އެދޭފަރާތްތަކަށް ޕޮއިންޓް ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ، ޕޮއިން ލިބޭނެ ފަދަ ބަދަލެއް ދިރިއުޅުމަށް އައިސްފައިވާ ފަރާތްކަތްތަކުން އެކަން ލިޔެކިޔުމުން މިކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި 26 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމަށް ފަހު ހުށަހަޅާ ފަރާތްތަކުގެ އެއްވެސް ލިޔެކިމެއް ބަލައި ނުގަނެވޭނެއެވެ.

ރައްވެހި ކަމުގެ ބަޔަށް ސުވާލު އުފެދޭ ފަރާތްތަކަށް

            ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ދިނުމުގެ އުސޫލުގައިވާ ރައްވެހިކަމުގެ ބަޔަށް  ''ވޭތުވެދިޔަ 05 އަހަރު ރަށުގައި ދިއުޅޭ ފަރާތްކަމުގައިވުން'' ސުވާލުއުފެދޭ ފަރާތްތަކުން 10 އޯގަސްޓް 2021 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ކައުންސިލް އިދާރާއިން އިޤުރާރު ވުމަށް އެދޭ ފޯމް ނެންގެވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

02 އޮގަސްޓް 2021
ހޯދާ