ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ބެހޭ

ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި ބެހޭ

          ތިރީގައި މިދަންނަވާ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން ރަޖިސްޓްރީ ހަދާދިނުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

          ވީމާ، މި ރަޖިސްޓްރީ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް އަންވާދެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމާއިލް [email protected] މެއިލް ކުރެއްވުން އެދެމެވެ.

  1. ނޫވިލާގެ / ގއ. ކަނޑުހުޅުދޫ
  2. ރަޖިސްޓްރީގެ ވެރިފަރާތް: އިސްމާއިލް މަނިކު ނޫވިލާ ގއ. ކަނޑުހުޅުދޫ

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2021
ހޯދާ