ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުވަރިޒަމް ސްޓަޑީޒްގެ އިމާރާތުގެ އެޓްރިއަމް ގައި ޖަހާ ގުލާސް ރީއިންފޯސްޑް ޓިނު ގެނެސްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                                               

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

އިޢުލާން

 

ނަންބަރު:MNU-CA-FM/2021/25

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުވަރިޒަމް ސްޓަޑީޒްގެ އިމާރާތުގެ އެޓްރިއަމް ގައި ޖަހާ ގުލާސް ރީއިންފޯސްޑް ޓިނު ގެނެސްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.


 

       ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުވަރިޒަމް ސްޓަޑީޒްގެ އިމާރާތުގެ އެޓްރިއަމް ގައި ޖަހާ ގުލާސް ރީއިންފޯސްޑް ޓިނު ގެނެސްދޭނޭ ފަރާތެއް ހޯދުން.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން.

                      މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާންއާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާގުޅޭގޮތުން އިތުރު  މަޢުލޫމާތު ދިނުން އޮންނާނީ  08 އޮގަސްޓް  2021 ވާ  ދުވަހުގެ މެންދުރުފަހު  13:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ / މަރުކަޒީ އިދާރާ ، ރައްދެބައިހިނގުން،  މާލޭގައެވެ.

ބީލަން ބަލައިގަތުން

              ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  15 އޮގަސްޓް  2021  ވާ  ދުވަހު 13:00 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

              ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

               މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ.

  • 3345192 ،3345134

               އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
              ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

02  އޮގަސްޓް 2021                 

                                                                                                                                  

 

02 އޮގަސްޓް 2021
ހޯދާ