ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިންގީތަކާއި ލޯންޗުތަކާއިގުޅޭ

ޑިންގީތައް ރަޖިސްޓްރީ ކުރުމާއި ގުޅޭ

          މިރަށުގައި ގިނައަދަދެއްގެ ޑިންގީތައް ދަތުރު ފަތުރު ކުރުމަށް ބޭނުން ކުރަމުން އަންނައިރު ބައެއް ޑިންގީތައް ރަޖިސްޓްރީ ނުކުރާކަން މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން ރަޖިސްޓްރީ ކޮށްފައިނުވާ ޑިންގީތައް 31 އޯގަސްޓް 2021 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ރަޖިސްރީ ކުރުމަށްފަހު ކޮންމެ ޑިންގީއަކަށް ވަކިތަނެއް ޚާއްސަކުރެވޭނެއެވެ.

 

ޑިންގީތަކަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމާއި ގުޅޭ

        ބަނދަރުގައި ޑިންގީތައް އެޅުމަށް ވަކި ޚާއްސަ ސަރަހައްދެއް ފާހަގަ ކޮއްފައި ވުމާއިއެކުވެސް ބައެއް ޑިންގީތަކާއި ލޯންޗްތައް ބަނދަރުގެ އެކިއެކި ސަރަހައްދުތަކުގައި އެޅުމުގެ ސަބަބުން ބަދަރަށް ލަފާ،ފުރާ އުޅަނދުތަކަށް ނުހަނު ބޮޑަށް އުދަގޫވެއެވެ. އެހެންކަމުން ޑިންގީތާކާއި ލޯންޗްތައް އެޅުމަށްޓަކައި ބަނދަރުގައި ފާހަގަ ކޮއްފައިވާ ސަރައްދުގައި ޑިންގީތަކާއި ލޯންޗްތައް އެޅުން އެދެމެވެ. އަދި މިކަމަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެކަންވެސް މައުލޫމާތައްޓަކައި ދެންނެވީމެވެ.

01 އޮގަސްޓް 2021
ހޯދާ