ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުހެދުމުގެ މަސައްކަތް ކުރުން.

މަގުހެދުމުގެ މަސައްކަތް ކުރުން

                މިރަށު ރަންވޭމަގު ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމެމުންދާތީއާއި، އެމަގުގެ އިރުމަތީ ފަރާތު ޕޭމަންޓުގެ މަސައްކަތް ކުރުމަށްޓަކައި މަގުގެ އިރުމަތީ ފަރާތު ކާބްސްޓްރޯން އިން ފެށިގެން 15 ފޫޓު ހިމެނޭ ރަންވޭ މަގުގެ އިރުމަތީ ފަރާތުގައި ހައްދާފައިވާ ރުއްގަސް 2021 އޯގަސްޓް 31 ވަނަ ދުވަހުގެ ކުރިން އެސަރަޙައްދުން ނަގާ ނިންމެވުން އެދެމެވެ.

                މި ރުއްގަހުގެ ތެރޭގައި އެމީހެއްގެ ނަމުގައި މިލްކު ވެރިކަން ސާބިތުކޮށްފައިވާ ރުއްގަހާއި، އެމީހެއްގެ އަތުގައި ރަޖިސްޓްރީ އޮތް ރުއްގަހުގެ ރަޖިސްޓްރީ މިއިދާރާއަށް ހުށަހެޅުމަށާއި، މި މުއްދަތުގައި ހުށަހަޅާފައިނުވާ ރުއްގަހާއި، އަދި މި މުއްދަތުގައި ނުނަގާ ހުންނަ ރުއްގަހުގެ ވެރި ފަރާތެއް ނެތްކަމަށްބަލާ އެފަދަ ރުއްގަސް ނަގާ މި ސަރަހައްދު ސާފުކޮށް ޕޭމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2021
ހޯދާ