މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލް އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، އަރބަން ޕްލޭނިންގ ކޮންސަލްޓަންޓަކު ހޯދުމަށް

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، މިއިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، ލަނޑުދަނޑިތައް ހާސިލުކުރުމަށް އަރބަން ޕްލޭނިންގ ރޮނގުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި އަރބަން ޕްލޭނިންގ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.


            ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

17 އޮގަސްޓް 2021 (އަންގާރަ)

11:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

ޕްރޮޕޯސަލް ހުށަހެޅުން

24 އޮގަސްޓް 2021 (އަންގާރަ)

11:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ޕްރޮޕޯސަލް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ. 

01 އޮގަސްޓް 2021
ހޯދާ