ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑުމާއިގުޅޭ

ކޮވިޑް-19 ރޯގާ ކުޅުދުއްފުށީގައި ފެތުރެމުންއަންނާތީ، މިއިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން މިއިދާރާއިން ދެމުންއަންނަ ތިރީގައި މިދަންނަވާ ޚިދުމަތްތައް 01 އޯގަސްޓް 2021 އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމުގައި ދަންނަވަމެވެ.

1- އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުން.

2- އެއްގަމާއި ކަނޑުގެ ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުން.

3- އެއްގަމު ލައިސަންސަށް ގިންތި އިތުރުކުރުން.

01 އޮގަސްޓް 2021
ހޯދާ