މަޤާމުގެ މަސްޢޫލިއްޔަތު:
|
- އެއާރކަންޑިޝަންތައް ޤަވާއިދުން މެއިންޓަނެންސް ޗާޓެއް ތައްޔާރުކޮށް ޗާޓާ އެއްގޮތަށް ޗެކްކޮށް ބެލެހެއްޓުން.
- ޗާޓާއެއްގޮތަށް އެއަރ ކޮންޑިޝަންތަކުގެ ފިލްޓަރ ސާފުކުރުމާއި، ދެ ޔުނިޓް ސާފުކުރުން .
- ހަލާކުވެ ނުވަތަ މަސައްކަތް ނުކުރާ އެއާރކަންޑިޝަން، ހީޓަރު އަދި ކޫލަރުތައް މަރާމަތުކޮށް ބެލެހެއްޓުމާއި މިތަކެޗަށް މައްސަލައެއް ދިމާވޭތޯ ބެލުން.
- އަލަށް ބަހައްޓާ އެއާރކަންޑިޝަން އަދި ކޫލަރުތައް ތަނަތަނުގައި ހަރުކޮށް ކަރަންޓް ވައިރުކޮށް ގުޅައި ހިންގުން.
- އެއާރކަންޑިޝަންތައް ރަންގަޅަށް މަސައްކަތް ކުރޭތޯ އާއި ހާލަތު ޗެކަކުރުން.
- ލީކް ޗެކްކުރުމާއި ސްޕެއަރ ޕާޓްސް ބަދަލު ކުރުން.
- މަސައްކަތުގެ ފައިލާއި ރެކޯޑްސް ބަލަހައްޓައި ރިޕޯޓްތަށް ތައްޔާރުކޮށް ބޭނުންވާ ތަކެއްޗަށް ރިކްއެސްޓްކުރުން.
- ހަރުގަނޑު ސްކެފޯލްޑް އަދި ފުރާޅުފަދަ ތަންތަނަށް އަރައި ކަރަންޓަށްގުޅައި ތަކެތި އިންސްޓޯލް ކުރުމާއި މަރާމާތު ކުރުމާއި އެފަދަ ތަކެއްޗަށް އަޅާފައިވާ ވައިރިން މަރާމާތުކުރުން.
- ކޮންޑިއުޓް އެޅުމަށްޓަކައި ކޭސިން ކެންޑުމާއި މަސައްކަތުގެ ދާއިރާއިން އުފުލަންޖެހޭ ބަރުތަކެތި އުފުލުން ފަދަ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މަސައްކަތަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތް އަގުބަލައި ކުރެހުންތައް ތައްޔާރުކޮށް ހަވާލުކުރުން. އަދި އިޢުލާނުކޮށް، މަޢުލޫމާތުދީ، އެސްޓިމޭޓް ބަލައިގަނެ މަސައްކަތް ހަވާލުކުރަންޖެހޭ ހާލަތްތަކުގައި އެކަންކަން ކުރުން
- ދިމާވާ އެމަޖެންސީ (ކަރަންޓް މައްސަލަ، ސްޕޮޓް، ފަލަޑް ލައިޓްލުން، އަލިފާނުގެ ހާދިސާއެއްހިނގުން، ވެހިކަލެއް ދުއްވުންފަދަ ) ހާލަތްތަކުގައި ފުރިހަމަޔަށް އެހީތެރިވުން.
- ޔުނިވަރސިޓީގެ އެކިއެކި ކަންކަމާއި ގުޅިގެން މުވައްޒަފުން ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2021 އޮގަސްޓު 08 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
http://bit.do/MNU-HR-2021-101
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ރެފްރިޖަރޭޝަން ޓެކްނީޝަންގެ ދާއިރާއިން ތަޖުރިބާ ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|