ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮޖެކްޓްސް)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮޖެކްޓްސް)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު: MNU-HR/2021/100

ތާރީޙް: 01 އޮގަސްޓް 2021

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޕްރޮޖެކްޓްސް ޑިޕާޓްމަންޓް

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕްރޮޖެކްޓްތަކާ ގުޅިގެން އަންނަ ސިޓީތައް ބަލައި، ދޭންވީ ޖަވާބު ދިރާސާކޮށް، ޖަވާބު އެކުލަވާލައި ސުޕަވައިޒަރާއި މަޝްވަރާކޮށް ޖަބާދިނުން.
  • ޕީ.އެސް.އައި.ޕީ، ޔުނިވަރސިޓީ އިން ޚަރަދު ކުރާ، ނޭޝަނަލް އަދި އިންޓަރނޭޝަނަލް އެކި އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ، ޕްލޭންކުރުމާއި، އެގްޒިކިޔުޓް ކުރުމާއި ރިޕޯރޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން.
  • އެކިއެކި ޕްރޮޖެކްޓްސް އާއި ގުޅިގެން ހަދާ ޕްރޮޖެކްޓް ޑިޒައިން، ބީއޯކިއު، ޓެނޑަރ ޑޮކިޔުމަނޓްސް ފަދަ ކަންކަން ތައްޔާރުކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  • ޕްރޮޖެކްޓްތަކުގެ ޢިމާރާތްތައް ކުރެވެމުން ދާގޮތް މޮނިޓަރ ކުރުމަށް ހަމަޖައްސާފައިވާ އުޞޫލްތަކުން ކަންކުރޭތޯ ބެލުމާއި، ޖެހޭ މައްސަލަތައް ސްޕަވައިޒަރަށް ހުށަހަޅާ ކޮންޓްރެކްޓަރުންގެ ސުވާލުތަކަށް ފުރަތަމަ ފެންވަރުގައި ޖަވާބު ދިނުން.
  • ޕްރޮޖެކްޓް މޮނިޓަރިންގ ޖަލްސާތައް އިންތިޒާމްކޮށް އަންނަ ފަރާތްތަކާ މަރުޙަބާ ކިޔައި ޖަލްސާގެ ޔައުމިއްޔާ ނަގާ ސްޕަވައިޒަރަށް ހުށަހެޅުން.
  • ޕްރޮޖެކްޓްތަކާއި ގުޅިގެން ހިންގާ އެންމެހާ ޕްރޮކިޔުމަންޓް ހަރާކާތްތަކުގައި އަމަލީގޮތުން އިސްނަގައިގެން އުޅުން. މިގޮތުން ސްޕެސިފިކޭޝަން ހޯދުމާއި، ލިސްޓް އެކުލަވާލުން، ބިޑްކުރުން، ހުއްދަތައް ހޯދުންފަދަ އެންމެހާ ކަންކަން ޤަވައިދުން ކުރުން.
  • ޕްރޮޖެކްޓާއި ގުޅޭޖަލްސާތައް އިންތިޒާމްކުރުމާއި، ޔައުމިއްޔާ ނެގުމާއި، ޖަލްސާގައި ނިންމާ ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފޮލޯއަޕް ކޮށް ކުރިއަށް ގެންދިއުން.
  • އައު ޕްރޮޖެކްޓްތައް އެކުލަވާލުމުގައި ސްޕަވައިޒަރަށް އެހީތެރިވުން.
  • ޕްރޮޖްކްޓްތައް މޮނިޓަރ ކޮށް، ސަރުކާރާއި، ބައިނަލްއަގުވާމީ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތައް އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެކަންކަން ޤަވާއިދުން ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ކުރަމުން ދިއުން.
  • ޕްރޮޖެކްޓް މޮނިޓަރިންގް ސޮފްޓްވެއަރ ގެ އެހީގައި ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން
  • ޕްރޮޖްކްޓް މޮނިޓަރ ކުރުމުގެ ގޮތުން އެކިއެކި ސަރުކާރުގެ މުއައްސަސާ ތަކުން ފުރިހަމަ ކުރަންހަވާލުކުރާ ޕްރޮޖްކްޓް އަޕްޑޭޓްތައް ޤަވާއިދުން ފުރިހަމަކޮށް އަޕްޑޭޓް ކުރަމުން ދިއުން.
  • ސެކްޝަނަށް އަލަށް ވަންނަ މުވައްޒަފުން އޮފީހުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވުން.
  • ޕްރޮޖެކްޓްތަކާ ބެހޭގޮތުން ރާއްޖެ ތެރެއަށް ކުރާ ދަތުރު ތަކުގެ ޓިކެޓު ބުކިންގްސް ހަދައި ހުރުމާ ކެއުމާއި ދަތުރުގެ އެހެން އިންތިޒާމްތައް ހަމަޖެއްސުން.
  • ޑެޕިޔުޓީ ވައިސް ޗާންސްލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) ފަރާތުން ކުރަންޖެހޭ މަސައްކަތްތައް (ސިޓީ/ލިޔުން ތައްޔާރުކުރުން، އެޕޮއިންމަންޓްތައް ބެލެހެއްޓުން) ސެކްރެޓަރީއެއްގެ ގޮތުން ބެލެހެއްޓުން އަދި އެހީތެރިވެދިނުން.
  • އެހެން ސެކްޝަންގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުމަށް އެދިއްޖެ ހާލަތުގައި އެއްބާރުލުން ދިނުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2021 އޮގަސްޓް 08 ވާ އާދިއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNUJobs-CA-2021-100

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ·    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
01 އޮގަސްޓް 2021
ހޯދާ