ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމީރު އަމީން ސްކޫލް ސާފުކުރުމާއި ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އަމީރު އަމީން ސްކޫލް ސާފުކުރުމާއި ސެކިއުރިޓީ 6 މަސް ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 29 ޖުލައި 2021 (ބުރާސްފަތ)  ދުވަހުގެ 00:14 ން ފެށިގެން 03 އޮގަސްޓް 2021 ވާ (އަންގާރަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/v2YcW09nQP

 

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ދިނުން

04 އޮގަސްޓް 2021 ވާ (ބުދަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

10 އޮގަސްޓް 2021 ވާ (އަންގާރަ)

11:00

 
 
 
 

މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ނޯޓް: ބީލަން ހުށަހަޅާ ބީލަންވެރިން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް މިހާރުން ފެށިގެން ހޯދުމަށް ސަމާލުކަން ދިނުން އެދެމެވެ.

 
29 ޖުލައި 2021
ހޯދާ