ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ.މާލެ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 02 (ދޭއް) ކޮޓަރި ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 ކ.މާލެ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 02 (ދޭއް) ކޮޓަރި ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ޝަރުތުތައް:

  • ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން. 
  • ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
  • ކޮޓަރިތެރޭގައި ފާހަނާ ހުރުން.
  • ދިރިއުޅެން ކަމުދާނެފަދަ ސާފުތާހިރު ތަނެއް ކަމުގައިވުން.
  • ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.
  • ތަން ކުއްޔަށް ނަގަން ބޭނުންވާ ތާރީޚް:  01 އޮގަސްޓް 2021 އިން ފެށިގެން 02 (ދޭއް) އަހަރު ދުވަހަސް.

މަޤްސަދު:

  • އެސްޓީއޯ ސްޓާފުންގެ އެކޮމޮޑޭޝަން ހަމަޖެއްސުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2021 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ މިކުންފުނީގެ އީމެއިލް  [email protected]  ،[email protected]  އަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިކުންފުނީގެ ނަންބަރ: 9744252 އަށް ގުޅުވުން އެދެމެވެ.

އަދި ހުށަހެޅިފައިވާ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެއްބަސްވުމަށް އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.  

 

21 ޖުލައި 2021
ހޯދާ