ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
15 ޖުލައި 2021 އިން 31 ޖުލައި 2021 ސަރުކާރު ބަންދު ދުވަސްތަކުގައި ކޮވިޑް19 ގުޅިގެން ހޯމް ކަރަންޓީންވާންޖެހޭ ފަރާތްތަކަށް ޚިދުމަތް ދިނުމާ ގުޅޭ

އެނގިވަޑައިގަންނަވާނޭ ފަދައިން 15 ޖުލައި 2021 އިން 31 ޖުލައި 2021އަކީ ސަރުކާރު ބަންދު ދުވަސްތެކެއް ކަމުން މި މުއްދަތުގައި މި އިދާރާއިން އާންމުކޮށްދެވޭ ހުރިހާ ޚިދުމަތްތައް ވަނީ މެދު ކަނޑާލެވިފައެވެ. ނަމަވެސް މި މުއްދަތުގައި ޢާންމުންނަށް ދިމާވާދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ބަންދު ތެރޭގައި ހޯމް ކަރަންޓީނުވާ ގޮތަށް ދަތުރު ކުރަން ބޭނުންވާ ބޭފުޅުންގެ ގެތައް ބަލައި ރިކުއެސްޓް ޕްރޮސެސް ކުރުން ތިރީގައިވާ ދުވަސްތަކުގައި ކުރިއަށް ދާނެއެވެ.

  • 18 ޖުލައި 2021 (18 ޖުލައި 2021 ހަމައަށް ލިބިފައިވާ ހުރިހާ ރިކުއެސްޓެއް ޕްރޮސެސް ކުރެވޭނެ)
  • 21 ޖުލައި 2021
  • 24 ޖުލައި 2021
  • 29 ޖުލައި 2021

ހޯމް ކަރަންޓީނަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ދަތުރުކުރަން ބޭނުންވާ ދުވަހުގެ 05 ދުވަސް ކުރިން (18 ޖުލައި 2021 ފިޔަވައި) ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ކުރެއްވުން އެދެމެވެ. މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް 05 ދުވަސް މުއްދަތު ނުލިބޭ ގޮތަށް ކުރެވޭ ރިކުއެސްޓްތައް ޕްރޮސެސް ނުކުރެވޭނެކަމަށްޓަކައި ދުރާލާ މިކަމަށް ތައްޔާރުވުމަށް އެންމެ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. މި ކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މާޢަފަށް އެދެމެވެ.

18 ޖުލައި 2021
ހޯދާ