ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދާއި ބެހޭ

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމްތައް މި ދަނީ ހަމަޖައްސަމުންނެވެ. ބޮޑު ޖަމާޢަތް ހަމަޖެހިފައިވަނީ ޒޯން ސްޓޭޑިއަމް 1 ގައެވެ.

މީގެ އިތުރުންވެސް ހުކުރުކުރާ 5 މިސްކިތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ނުވަތަ ރަށް މޮނިޓަރިންއަށް ލައިފި ނަމަ ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވާ ޢީދު ނަމާދު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އެފަދަ ހާލަތެއްގައި ޢީދު ނަމާދު ކުރުން އޮންނާނީ ތިރީގައި ދަންނަވާފައިވާ ހުކުރު ކުރާ 05 މިސްކިތުގައެވެ.

1. މަސްޖިދުލް ޙަޟާރަތު

4. މަސްޖިދުލް ޙަސަނާތު

2. މަސްޖިދުއް ނޫރު

5. މަސްޖިދުލް ޖަމާޢަތު

3. މަސްޖިދުލް ފިރުދައުސް

 

‏08‏ ޛުލްޙިއްޖާ‏ 1442

‏18‏ ޖުލައި‏ 2021

 

 

 

 

 

18 ޖުލައި 2021
ހޯދާ