އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
2021 އޮގަސްޓު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

(IUL)38-CA/38/2021/659:ނަންބަރު

 

އިޢުލާން

އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކާއި ދެވަނަ ބުރުގައި އެއްވަރުވި ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަދި ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

 

2021 އޮގަސްޓު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2021 ޖުލައި 22 ވާ ބުރާސްފަތި ދުވަހުގެހެނދުނު 10:00އިން ފެށިގެން 2021 ޖުލައި 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ފުރުޞަތުގައި ރަޖިސްޓަރީ ވާނީ ހދ. ނޮޅިވަރަން، ނ. މަގޫދޫ، ނ. ކެނދިކުޅުދޫ، ކ. ދިއްފުށި އަދި  އއ. ފެރިދޫ، ރައްޔިތުން އެކަންޏެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މަތީގައި ދެންނެވިފައިވާ ރަށްރަށުގެ ތެރެއިން ރަށަކަށް ނުވަތަ މާލެ އަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކުރެވިފައެވެ. އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ((VR space IDNO Send to 1414އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

 

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. މިޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. (ނަމަވެސް، 2021 އޮގަސްޓް  31ވަނަ ދުވަހުގެ ނިޔަލަށް އައި.ޑީ ކާޑުގެ މުއްދަތު އިތުރުކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނަންބަރު:IUL]133-AS/133/2020/12]  އިޢުލާނުން ޢާންމުކޮށް އަންގައިފައިވާތީ، މުއްދަތު ހަމަވެފައިވާ އައި.ޑީ ކާޑު ޤަބޫލުކުރެވޭނެއެވެ. ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. މި ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މެނުއަލްއެއް މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާނެއެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ. 

ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2021 ޖުލައި 22 ވާ ބުރާސްފަތި ދުވަހުގެހެނދުނު 10:00އިން ފެށިގެން 2021 ޖުލައި 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00އަށެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

17 ޖުލައި 2021
ހޯދާ