މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އަށް މާލެ ސިޓީގެ މާލެ އަދި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުން

މިއަހަރުގެ ބޮޑުއީދުގައި މާލެ ސިޓީގެ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދާދިނުމުގެ މަޤްސަދުގައި މާލެ ސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ކައުންސިލުން ވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ އަންގާރަ (ބޮޑުއީދު) ދުވަހުގެ ހަވީރު 4:00 ން 8:00 މާލެ ސިޓީގެ މާލެ، ހުޅުމާލޭގެ މަގުތަކުގައި ފައިމަގުގައި ހިނގާއުޅޭ ގޮތައް ހަމަޖެއްސުމަށް ނިންމާފައެވެ.

          ވީމާ، 20 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލެ ސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިޔުލެންސް
  3. ޙާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލް
  4. ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތް
  5. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

          މި އެންގުމާ ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 67 އަދު 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި އަންގާ އިއުލާން ކުރީމެވެ. 

15 ޖުލައި 2021
ހޯދާ