މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގ އިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒެއް ކަމުގައިވާ ޑިޖިޓަލް ކުރުމުގެ މަޝްރޫއު ހިންގުމަށްޓަކައި ސެކްޝަންތަކުގައި ހުރި އެންމެހާ ލިޔެކިޔުންތައް ސްކޭންކޮށްދޭނެ ފަރާތެއް ހޯދުމަށް

މާލޭ ސިޓީ ކައުންސިލް އިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒެއް ކަމުގައިވާ ޑިޖިޓަލް ކުރުމުގެ މަޝްރޫއު ހިންގުމަށްޓަކައި  ސެކްޝަންތަކުގައި ހުރި އެންމެހާ ލިޔެކިޔުންތައް ސްކޭންކުރުމަށް ބޭނުންވާތީ ، މިމަސައްކަތް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 10:00 ގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން (ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ ) އެފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 އޮގަސްޓް 2021 ވަ އަންގާރަ ދުވަހުގެ 10:00 ގައި (ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ ) ގައެވެ.

 

މިއިޢުލާނާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 09:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް ދެވިފައިވާ ސުންގަޑީގެކުރިން ހުށަނާޅާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

15 ޖުލައި 2021
ހޯދާ