މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ގެ ވަށައި، އިންފާރު ރޭނުމަށް ބޭނުންވާތީ،އަމިއްލަ ތަކެތީގައި އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް

ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ގެ ވަށައި، އިންފާރު ރޭނުމަށް ،އަމިއްލަ ތަކެތީގައި އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 12 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 14:00 ގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން (އަމީނީމަގު، އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ، 4 ވަނަ ފަންގިފިލާ ) އެފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާހާއި ކުރެހުން އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ.

 

ވީމާ، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ، އަމީނީމަގު،  (4 ވަނަ ފަންގިފިލާ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

މިއިޢުލާނާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 09:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް ދެވިފައިވާ ސުންގަޑީގެކުރިން ހުށަނާޅާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

15 ޖުލައި 2021
ހޯދާ