ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ އަތޮޅުގެ ރަށްތަކަށް ބޯފެންފޯރުކޮށްދޭނެ ފަރާތެއް ހޯދުން

                                                                 ނަމްބަރު:   242/242/2021/18(IUL)

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ                                                               

 

               ހޫނުމޫސުމުގައި ބޯފެނަށްޖެހޭ ރަށްރަށަށް  ތިނަދޫއިން މިއަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދިނުމަށް  ބޭނުންވާފަރާތެއް ހޯދަން ކުރި ނަމްބަރ: 242/242/2021/17(IUL)  (8  ޖުލައި  2021) އިޢުލާނާއި  ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ހާޟިރު ވެފައިނުވާތީ ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

               ވީމާ، މިކަމަށް  ޝައުޤުވެރިވާ  ފަރާތްތަކުން ގދ.އަތޮޅުކައުންސިލް އިދާރާގެ މީޓިންރޫމަށް  ވަޑައިގެން  މައުލޫމާތު  ސާފްކުރުމަށްފަހު  ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ގދ.އަތޮޅުކައުންސިލްގެ  އިދާރާގެ  މީޓިންރޫމަށް  ވަޑައިގެން  ދެއްވުން އެދެމެވެ. އަދި، ހުށަހަޅުއްވާ  އަންދާސީ ހިސާބު ހުންނަށްވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ. 

 

މައުލޫމާތު ސާފްކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

5 އޮގަސްޓް 2021 ވަނަ ދުވަހުގެ 11:00 އަށް

11 އޮގަސްޓް 2021 ވަނަ ދުވަހު 11:00 އަށް

                އަދި،ދަންނަވަމެވެ. މައުލޫމާތު ސާފްކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.

15 ޖުލައި 2021
ހޯދާ