ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިންޓަރވިއު އަދި އިމްތިޙާނާގުޅޭ

ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދުމަށް މި ކޮމިޝަނުން ކުރި ނަންބަރު 188-RE/IUL/2021/30 (20 ޖޫން 2021) އިޢުލާނާއި، 188-RE/IUL/2021/31 (20 ޖޫން 2021) އިޢުލާނު އަދި 188-RE/IUL/2021/32 (20 ޖޫން 2021) އިޢުލާނުގައި، އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނެ މުއްދަތުގެ ގޮތުގައި ބަޔާންކޮށްފައިވާނީ 11 ޖުލައި 2021 އިން 8 އޮގަސްޓު 2021 އާ ދެމެދެވެ.

ނަމަވެސް، އަޟުޙާ ޢީދާއި، މިނިވަންދުވަހާ ދިމާކޮށް ބައެއް ދުވަސްތައް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާވާފައިވާތީ، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލައި ޝަރުޠުހަމަވާ ފަރާތްތަކަށް 8 އޮގަސްޓު 2021 ގައި އިމްތިޙާން ބޭއްވުމަށާއި، 10 އޮގަސްޓް 2021 އިން ފެށިގެން 20 އޮގަސްޓު 2021 އާ ދެމެދުގައި އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.

ވުމާއެކު، މަތީގައި ދަންނަވާފައިވާ މުއްދަތުގައި އިސްވެ ދެންނެވުނު އިޢުލާނުތަކާއި ބަޔާންކޮށްފައިވާ މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނާއި އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނެ ވާހަކަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

15 ޖުލައި 2021
ހޯދާ